ENGLISH
21 އޭޕްރީލު 2025
މާލެއިން ބޭރުން ހަދާ ފުރަތަމަ ދަމަނަވެށި ކުޅުދުއްފުށީގައި
13 މާރިޗު 2025
|
ކުޅުއްދުއްފުށި ސިޓީގައި ދަމަނަވެއްޓެއް ޤާއިމްކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޝަރީފްއެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަލީ ޒުހެއިރު އެވެ.
ދޮޅު އަހަރުގެ މި ޕްރޮޖެކްޓްގެ ޖުމުލަ އަގަކީ 23,113,061.08 ރުފިޔާ އެވެ.
މާލެއިން ބޭރުގައި ހަދާ މިއީ ފުރަތަމަ ދަމަނަވެއްޓެވެ. މާލޭގައި ހިންގާ ދަމަނަވެށިން ދޭ ހުރިހާ ޚިދުމަތެއް ދޭ ގޮތަށް ކުރިއަށް ގެންދާ މި އިމާރާތް ހެދުމަށް ހަމަޖެހިފައިވަނީ ދެ ފަންގިފިލާއަށެވެ.
ހެލްތު މިނިސްޓްރީން ބުނީ މިތަނުން ދޭ ޚިދުމަތްތަކުގެ ތެރޭގައި ވެކްސިން ދިނުމާއި، ކުޑަކުދިން ހެދިބޮޑުވުމުގެ މައުލޫމާތު އެއްކުރުމާއިި، ޓޮބޭކޯ ސިޒޭޝަން ޕްރޮގްރާމް ހިންގުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން އެކި އެކި ޞިއްޙީ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ވެސް ހިންގާނެއްކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ ރަށްރަށުގައި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ މަސައްކަތް ނިމޭއިރު އެތަނުން ދެވޭ ޚިދުމަތްތަކަށް ވެސް ކުރިއެރުން އަންނާނެ ކަމަށެވެ.