ENGLISH

21 އޭޕްރީލު 2025

Advertisement

މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ

13 މާރިޗު 2025

|

އިސްމާއީލް ރާތިއު

ގެއްލިގެން ހޯދަމުންދާ މީހާ-- ފޮޓޯ: ޕޮލިސް

ވީނުވީއެއް ނޭނގި، މާލެއިން އަންހެނަކު ގެއްލިގެން ރިޕޯޓުކުރުމުން އޭނާ ހޯދަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަނީ ޙައްވާ ޙަސަން، ހ. ބްލޫލޫން / މާލެ (31އ) ކަމަށާއި އޭނާ ގެއްލިގެން ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނީ 8 މާރިޗު 2025 ގައި ކަމަށް ފުލުހުން ބުނެއެވެ.

މައްސަލަ ހުށަހެޅުމާއެކު އޭނާ ހޯދުމުގެ މަސައްކަތް، ކަމާގުޅޭ ހުރިހާ އިދާރާތަކަކުން ކުރަމުން ގެންދިޔަ ނަމަވެސް މިހާތަނަށް މަސައްކަތުގައި ކުރިއެރުމެއް ލިބިފައިނުވާތީ އާންމުންގެ އެހީތެރިކަމަށް ފުލުހުން ވަނީ އެދިފައެވެ. އެގޮތުން ޙައްވާ ޙަސަން އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސްނުކޮށް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9660183 އަށް ގުޅާ، ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު