ENGLISH
21 އޭޕްރީލު 2025
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 30 ވަނަ ޓްރެއިނިންގ ކޯސް ނިންމާލައިފި
12 މާރިޗު 2025
|
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 30 ވަނަ ޓްރެއިނިންގ ކޯސް ނިންމުމުގެ ހަފްލާގެ ތެރެއިން-- ފޮޓޯ: ކަރެކްޝަންސް
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 30 ވަނަ ބޭސިކް ޓްރެއިނިންގ ކޯސް، "ސީ111 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ" ޕްރޮގްރާމް ނިންމާ، ދަސްވެނީންނަށް ދަރަޖަ ދީފިއެވެ.
މިފަހަރުގެ ޓްރެއިނިންގ އިން 33 އޮފިސަރުން ދަސްވެނިވެފައިވެއެވެ. މި ދަސްވެނީންގެ ތެރެއިން އެކި ގޮތްގޮތުން އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކަށް އެވޯޑު ދީފައިވެއެވެ. އެގޮތުން، ބެސްޓް އޯލް-ރައުންޑް، ސީޕީ އެވޯޑް، ޕަރފޯމަންސް އެވޯޑް، ފިޓެސްޓް އޮފިސަރ އެވޯޑް (އަންހެން އަދި ފިރިހެން) އަދި ކޮންމެ ޕްލެޓޫނަކުން އެންމެ ރަނގަޅު އޮފިސަރަށް އެވޯޑު ދީފައިވެއެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް، ޙަސަން ޒަރީރު ވިދާޅުވީ ގައުމެއް، ގައުމެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި ސެކިއުރިޓީއަކީ އެންމެ މުހިންމު ކަންތައް ކަމަށާއި، ސުލްހަ މަސްލަހަތު ނެތް ގައުމަކީ އެއީ އަނދާ އަޅިއަށްވެފައިވާ އަޅިތަކެއް ކަމަށެވެ. އަދި ޕްރިޒަން އޮފިސަރުންގެ ސުލޫކު ހުންނަން ޖެހޭނެ ގޮތުގެ މައްޗަށްވެސް ސީޕީ އަލިއަޅުވާލެއްވިއެވެ. އެގޮތުން ބަރާބަރަށް ނަމާދުކުރުމާއި، ރިޝްވަތު ފަދަ ނަހަމަ މުޢާމަލާތްތަކުގެ އޮއިވަރުގައި ނުޖެހުމާއި، ގައިދީންނާމެދު މުޢާމަލާތްކުރުމުގައި ގެންގުޅެން ޖެހޭނެ އަޚްލާޤީ މިންގަނޑު ފާހަގަކުރެއްވިއެވެ.
އަދި އީމާންތެރިކަމާ، ތެދުވެރިކަމާ، އިޚްލާޞްތެރިކަމާ ޤައުމީ ލޯތްބާ، ވަފާތެރިކާމާ ޤައުމިއްޔަތާއެކުގައި، ކޯހުން ދަސްވި އެއްޗެހީގެ ބޭނުން ހިފުމަށް ހިތުގައި ޢަޒުމް ކަނޑައެޅުމަށް ސީޕީ ގޮވާލެއްވިއެވެ