ENGLISH

21 އޭޕްރީލު 2025

Advertisement

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

12 މާރިޗު 2025

|

ހަސަން އާމިރު

ސިވިލް ސަރވިސް ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިއުފާ ދެއްވާފައިވާތީ، އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން 19 މާރިޗު 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލައްވައިފިއެވެ.

މެންބަރުކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 19 މާރިޗު 2025 ވާ ބުދަ ދުވަހުގެ ހެނދުނު 9:30 އިން މެންދުރު 13:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް www.presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ.

ސިވިލް ސާވިސް ކޮމިޝަނުން އިސްތިއުފާ ދެއްވާފައި ވަނީ އެ ކޮމިޝަނުގެ ނައިބް ރައީސް އިބްރާހީމް ރަޝީދު އެވެ. އޭނާ އިސްތިއުފާ ދެއްވީ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ.

ސިވިލް ސާވިސް ކޮމިޝަނަށް އިބްރާހިމް ރަޝީދު އައްޔަނުކުރައްވާފައިވަނީ 2020 ސެޕްޓެމްބަރު 3 ގައެވެ. 

އިބްރާހިމް ރަޝީދު އިސްތިއުފާދެއްވުމާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން ވަނީ އޭނާގެ ޚިދުމަތްތަކަަށް ޝުކުރު އަދާކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު