ENGLISH
21 އޭޕްރީލު 2025
ޚާއްޞަ އޮޕަރޭޝަން ހިންގިޔަސް، މިވަގުތު ނުރައްކަލެއް ނެތްކަމަށް ސަރުކާރުން ބުނެފި
12 މާރިޗު 2025
|
ހޯމަ ދުވަހުގެ ރޭ ހިންގި ކައުންޓަ ޓެރަރިޒަމް އޮޕަރޭޝަނުގެ ތެރެއިން. ފޮޓޯ: މެންދުރު އޮންލައިން
ހޯމަ ދުވަހުގެ ރޭ މާލެ އާއި ހުޅުމާލޭގައި ރާއްޖޭގެ ސަލާމަތީ ބާރުތަކުން ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނެއް ހިންގިިޔަސް، މިވަގުތު ނުރައްކަލެއް ނެތްކަމަށް ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތާއި ގައުމީ ދިފާއީ ބާރު ގުޅިގެން ހޯމަ ދުވަހުގެ ރޭ ހިންގި ބޮޑު އޮޕަރޭޝަނުގައި ތިން މީހަކު ހައްޔަރުކޮށް އެމީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރިއެވެ.
އެ އޮޕަރޭޝަން ހިންގީ، ދިވެހި ފުލުހުންގެ ހިދުމަތުގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފައިވެއެވެ. އެރޭ ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވީ މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައެވެ.
އޮޕަރޭޝަނާ ގުޅޭގޮތުން ޚާރިޖީ ވުޒާރާއިން އިއްޔެ އާއްމުކުރި ބަޔާނުގައި ބުނީ، މިވަގުތު ކަންބޮޑުވާންޖެހޭ ހާލަތެއް އަދި ނެތް ކަމަށެވެ. އަދި، އިންޓެލިޖެންސް ރިޕޯޓެއް ލިބުމުން ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަބަދުވެސް އެފަދަ އޮޕަރޭޝަންތައް ހިންގާކަމަށް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ސަލާމަތީ ބާރުތަކުން ފެށި ކައުންޓަ ޓެރަރިޒަމް ނިންމާލިކަން އަދި ހާމަކޮށްފައެއްނުވެއެވެ. އެ އޮޕަރޭޝަނުގެ ބައެއް މަސައްކަތްތައް މިހާރުވެސް ކުރިއަށްދާއިރު، ރާއްޖޭގެ ރައްޔިތުންނާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކަމާއި ގުޅުންހުރި އިދާރާތަކުން އަވަސް ފިޔަވަޅުތައް އަޅަމުންގެންދާނެކަމުގެ ޔަގީންކަން ޚާރިޖީ ވުޒާރައިން ވަނީ ދީފައެވެ.