ENGLISH

21 އޭޕްރީލު 2025

Advertisement

މަޖިލީހުގެ ރައީސް ދެއްވި ތަރާވީސް ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި

12 މާރިޗު 2025

|

ޝިފްޒާން އަޙްމަދު

މަޖިލީހުގެ ރައީސް ދެއްވި ފަރިއްކޮޅަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަޑައިގަތުން، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ދެއްވި ތަރާވީސް ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ. 

ރޭ މަަޖިލީހުގައި އޮތް މި ފަރިއްކޮޅުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މަޖިލީހުގެ އިދާރާގެ ވެރިންނާއި މުވައްޒަފުންގެ އިތުރަށް، ވަޒީރުންގެ މަޖިލީހުގެ މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ފަރިއްކޮޅަށްފަހު ރައީސްވަނީ އެ ފަރިއްކޮޅުގައި ބައިވެރިވެވަޑައިގެންނެވި މަޖިލީހުގެ މެންބަރުންނާ ވަކިވަކިން ސަލާންކުރައްވަައި ވާހަކަދައްކަވާފައެވެ. އަދި މަޖިލީހުގެ އިދާރާގެ މުވައްޒަފުންނާވެސް ސަލާންކުރައްވައި އެ މުވައްޒަފުންނާވެސް ރައީސް ވާހަކަދައްކަވާފައިވެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރު އަންނަނީ ގުޅިގެން ވަރަަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު