ENGLISH
21 އޭޕްރީލު 2025
"އިދިކޮޅުން ކުއްލި މައްސަލަ ހުށަަހަޅަނީ ރައްޔިތުންނަށް ކަމެއް ކޮށްދޭން އުޅުމުން ހުއްޓުވުމުގެ ބޭނުމުގައި"
12 މާރިޗު 2025
|
މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް، ފޮޓޯ: މަޖިލިސް
އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަތައް ހުށަހަޅަނީ ސަރުކާރުން ރައްޔިތުންނަށް ހެޔޮކަމެއް ކޮށްދޭން އުޅެން ފެށުމުން އެކަމަށް ހުރަސްއެޅުމަށާއި، ކަަންކަމުގެ ހަގީގަތް އޮޅުވައިލުމަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން، މެންބަރު ފާހަގަކުރެއްވީ އެ ބިލު ހުށަހެޅި ދުވަހުވެސް އިދިކޮޅު އެމްޑީޕީގެ މެންބަރަކު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވި ކަމަށެވެ.
މެންބަރު ތުހުމަތުކުރެއްވި ގޮތުގައި އިދިކޮޅު އެމްޑީޕީން މިފަދައިން ކުއްލި މައްސަލަތައް މަަޖިލީހުގެ ތަޅުމަށް ހުށަހަޅަނީ ސަރުކާރުން ރައްޔިތުންނަށް ހެވަކަށް ކަމެއް ކޮށްދޭން މަސައްކަތްކުރާ ކޮންމެ ފަހަަރެއްގައި ރައްޔިތުންނަށް އޮޅުވައިލާ އެކަންކަން ހުއްޓުވުމުގެ މަގުސަދުގައެވެ.
"އިދިކޮޅު ޕާޓީން މިފަދަ ކުއްލި މައްސަލަތައް އާންމު ގޮތެއްގައި ހުށަހަޅަނީ ރައްޔިތުންނަށް ހެޔޮަކަމެއް ކޮށްދޭން ސަރުކާރުން އުޅޭ ކޮންމެ ފަހަރެއްގަައި، ކޮންމެވެސް ސިޔާސީ މަގުސަދެއްގައި ރައްޔިތުންނަށް ހަގީގަތް އޮޅުވައިލައި ކޮންމެވެސް ކަމެއް ހުއްޓުވައިލުމުގެ ނިޔަތުގަ" - މަޖިލީހުގެ މަައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު
އިދިކޮޅު އެމްޑީޕީން މިފަދަ ކުއްލި މައްސަލަތައް ހުށަހަޅައިގެން ހިންގާފައިވާ ބައެއް ކަންކަމުގެ މިސާލެއްގެ ގޮތުން މެންބަރު އިބްރާހީމް ފާހަގަކުރެއްވީ ކުރީގެ ވެރިކަމުގައި 2020 ވަނަ އަހަރުގެ ތެރޭގައި އާންމު ރައްޔިތަކަށް ޖިންސީ ފުރައްސާރަކުރިކަމުގެ ތުހުމަތު އަމާޒުކޮށް މަޖިލީހުގެ ތަޅުމަށް ވެއްދި ކުއްލި މައްސަލައެކެވެ. އެ މައްސަލައަކީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މީކާއީލު ނަސީމު ހުށަހެޅުއްވި މައްސަލައެކެވެ.
"ކުށެއް ނެތް ރައްޔިތެއްގެ މައްޗަށް ތުހުމަތުކޮށް މި މަޖިލީހުގައި ބެރުޖަހައި ވާހަކަދައްކައި ބޮޑެތި ބަޔާންތައް ނެރެ އާޚިރުގައި ނިމިގެންދިޔައީ އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެޗްއާރުސީއެމާއި ފުލުހުން ބަޔާން ނެރެގެން އޭނާގެ ކުށެއް ނެތްކަމަށް" - އެއިރު ކަން ހިނގި ގޮތް ބަޔާންކޮށްދެއްވައި މެންބަރު އިބްރާހީމް ވިދާޅުވި
މެންބަރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ އިދިކޮޅު އެމްޑީޕީން މަޖިލީހުގެ ތަޅުމަށް ހުށަހަޅާ މައްސަލަތަކުގައި މުޅިންވެސް ހަދަނީ ދޮގުކަމަށެވެ. އަދި އޭނާ ވިދާޅުވެދެއްވީ އެ ދޮގުތަކުގެ މައްޗަށް ދަލީލުކުރާ އެންމެ މިސާލެއް ކަމުގައިވެސް މެންބަރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެމްޑީޕީން މަޖިލީހުގެ ތަޅުމަށް ހުށަހަޅާ ކުއްލި މައްސަލަތަކަކީ މީހުންގެ އަނބުރަށް އަރައިގަނެ މަޖިލީހުގެ ތަޅުމުގެ ވަގުތު ނަގައިލާ، މަޖިލީހުގައި ކުރަން ހުރި މަސައްކަތްތަކަށް ހުރަސްއެޅުމުގެ މަގުސަދުގައި ހުށަހަޅާ މައްސަލަތަކެއް ކަމަށެވެ.