ENGLISH
21 އޭޕްރީލު 2025
ތިން ގައުމަކަށް ނޮން ރެޒިޑެންޓް ސަފީރުން ކަނޑައަޅައިފި
12 މާރިޗު 2025
|
ސިންގަޕޫރުގައި ހުންނަވާ ދިވެހި ސަަފީރު މުހައްމަދު ލުވައިޒް, އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިރްތިޝާމު އާދަމް އަދި ފިލިޕީންސްއަށް ކަނޑައަޅާފައި ހުންނަވާާ ނޮން ރެޒިޑެންޓް ސަފީރަކަށް މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު
ތިން ގައުމަކަށް ރާއްޖޭގެ ފަރާތުން ނޮން ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނޮން ރެޒިޑެންޓް ސަފީރުން އައްޔަނުކޮށްފައިވަނީ ސްޕެއިން، ނިއުޒިލެންށްގެ އިތުރުން ފިލިޕީންސަށެވެ.
ސްޕެއިނަށް ކަނޑައަޅާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރުކަމަށް އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިރްތިޝާމު އާދަމް އަދި، ނިއުޒިލޭންޑަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރުކަމަށް ސިންގަޕޫރުގައި ހުންނަވާ ދިވެހި ސަަފީރު މުހައްމަދު ލުވައިޒް އައްޔަންކުރެއްވުމާމެދު މަޖިލީހުގެ ލަފައަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ ތަޅުމުގައި އިއުލާނުކޮށް ކޮމިޓީއަށް ދިރާސާކުރަން ފޮނުވީ މިދިޔަ ހޯމަ ދުވަހު އެވެ. ފިލިޕީންސްއަށް ކަނޑައަޅާފައި ހުންނަވާާ ނޮން ރެޒިޑެންޓް ސަފީރަކަށް މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު އައްޔަނުކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވީ މި މަހުގެ 3 ވަނަ ދުވަހުއެވެ.
އެ މައްސަލަތައް ދިރާސާކުރުމަށްފަހު މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމީ އެބޭފުޅުންނަށް ރުހުން ދިނުމަށެވެ. މަޖިލީހުގެ ޖަލްސާގައި ވެސް ފާސްވެގެންދިޔައީ އެގޮތަށެވެ.
ލުވައިޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމެއް ފުރުއްވި ބޭފުޅެކެވެ.
އިރުތިޝާމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޖެނިވާގެ ހުންނަ ޔޫއެންގެ ސަފީރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ، ސްވިޓްޒަލަންޑަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމާއި، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް ރާއްޖެއިން ކަނޑައަޅާ މަންދޫބުގެ އިތުރުން ވެސް ޚާރިޖިއްޔާގެ ގިނަ މަގާމުތަކެއް އަދާކުރައްވާފަ އެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުގެ މަގާމުވެސް އަދާކުރެއްވިއެވެ.