ENGLISH

21 އޭޕްރީލު 2025

Advertisement

މަސްތުވާތަކެއްޗާއި ދެލައްކަ ރުފިޔާއާއެކު ވިލިމާލެއިން ތިން މީހަކު ހައްޔަރުކޮށްފި

12 މާރިޗު 2025

|

ޝިފްޒާން އަޙްމަދު

މަސްތުވާތަކެއްޗާއި ފައިސާއާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން މީހުން، ފޮޓޯ: ފުލުހުން

ފުލުހުންގެ ހިދުމަތުން ވިލިމާލޭގައި ހިންގި މަސްތުވާތަކެއްޗާ ދެކޮޅު އޮޕަރޭޝަނެއްގައި ޑްރަގާއި ދެެ ލައްކައަށްވުރެ ގިނަ ރުފިޔާއާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ. 

ފުލުހުންގެ ހިދުމަތުން މައުލޫމާތު ދިން ގޮތުގައި މި އޮޕަރޭޝަން ހިންގާފައިވަނީ މާޗު މަހުގެ ނުވަވަނަ ދުވަހުއެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުން ބަަލައިފާސްކުރިއިރު 57.78 ގުރާމުގެ މަސްތުވާތަކެތި ފެނިފައިވާކަމަށްވެސް އެ ހިދުމަތުން ބުނެފައިވެއެވެ. 

އޭގެ އިތުރަށް މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާކަމަށް ބެލެވޭ ފައިސާވެސް އެމީހުން އަތުން ފެނުނެވެ. އެގޮތުން އެމީހުން އަތުން 241،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނުނުކަމަށް ފުލުހުންގެ ހިދުމަތުން ބުނެފައިވެއެވެ. 

މި މައްސަލާގައި ހައްޔަރުކުރީ ތ.ގާދިއްފުށި، ކެނެރީގެ އިބްރާހީމް އިމާދު (30އ.)އާއި މއ.ވިންޑްސްޓަރ 1، މުހއްމަދު ސިމްރާހު (43އ.) އަދި ގދ.ރަތަފަންދޫ، ޒަމާނީއާގެ، ސަަލާހު ޝިހާބު (45 އ.) އެވެ. 

މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުހައްމަދު ސިމްރާހާއި ސަލާހު ޝިހާބު 15 ދުވަހަށް ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކޮށްފައިވެއެވެ. އަދި އިބްރާހީމް އިމާދު ބަންދުން ދޫކުރަން ކޯޓުން އަމުރުކޮށްފަައިވެއެވެ. 

އިމާދު ބަންދުން ދޫކުރަން ކޯޓުން އަމުރުކުރުމުން، އެ އަމުރު އިސްތިއުނާފުކޮށްދިނުމަށް ފުލުހުންގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވާނެ ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު