ENGLISH

21 އޭޕްރީލު 2025

Advertisement

މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ، ރީނދޫ ސަމާލު ދަަމަހައްޓައިފި

12 މާރިޗު 2025

|

ޝިފްޒާން އަޙްމަދު

ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތި، ފޮޓޯ: ޕީއެސްއެމް

މިއަދުގެ ދުވާލުގެ ބޮޑު ބައެއްގަައި ރާއްޖޭގެ ބޮޑު ސަަރަަހައްދަކަށް ބޯކޮށް ވިއްސާރަވާނެ ކަމުގައި ލަަފާކުރެވޭތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު ރީނދޫ ސަމާލު ދަމަހައްޓައިފިއެވެ. 

ރޭ އެންމެ ފުރަތަމަ ރީނދޫ ސަމާލު ނެރުނީ ދަންވަަރު 1:30 އިން ފެށިގެން މިއަދު ހެނދުނު 6:30 އާ ދެމެދު ހއ.އަތޮޅުން ފެށިގެން އދ.އަތޮޅާ ދެމެދުގައިވާ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމުގައި ލަފާކޮށެވެ. 

އޭގެ ފަހުން އެ ރީނދޫ ސަމާލުގެ މުހުލަތު ހެނދުނު 6:30 އިން 9:30 އަށް އިތުރުކޮށް އެ ސަމާލު ނެރެފައިވާ ސަަރަހައްދުވެސް ފުޅާކުރިއެވެ. އެގޮތުން ހއ.އަތޮޅުން ފެށިގެން ވ.އަތޮޅާ ދެމެދުގައި ހިމެނޭ ހުރިހާ އަތޮޅަަކަށް ރީނދޫ ސަމާލު ފުޅާކޮށްފައިވެއެވެ. 

އަދި އޭގެ ފަހުން މިއަދު ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 13:30 އާ ހަމައަށް އެ ރީނދޫ ސަމާލުގެ މުއްދަތު އިތުރުކޮށްފައިވެއެވެ. 

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވާ ގޮތުން އިއްޔެއާއި މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވާނެއެވެ. މިއީ ރާއްޖޭގެ އިރުމަތިން އުފެދުނު ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު