ENGLISH

21 އޭޕްރީލު 2025

Advertisement

ފަނޑިޔާރުންގެ ބިލް އަނބުރާ ފޮނުވާލެއްވި ސަބަބު އޭޖީ ސާފުކޮށްދެއްވައިފި

12 މާރިޗު 2025

|

އަޙުމަދު ޙަމީދު

ބަންޑާރަނާއިބު އަޙްމަދު އުޝާމް

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ފަސް ވަނަ އިޞްލާހު ގެނައުމުގެ ބިލު، އަލުން ވިސްނެވުމަށް އެދިވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އެ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިލެއްވި ސަބަބު އެޓާނީ ޖެނެރަލް އަހްމަދު އުޝާމް އިތުރަށް ސާފުކޮށް ދެއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޑޮކްޓަރ މުޢިއްޒު، ޤާނޫނު ނަންބަރު، 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 5 ވަނަ އިސްލާޙް ގެނައުމުގެ ބިލު، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އަލުން ވިސްނެވުމަށް އެދިވަޑައިގެން އަނބުރާ ރައްޔިތުންގެ މަޖިލީހަށް، މިއަދު ފޮނުއްވައިފި ކަމަށެވެ.

މަޖިލީހުން ފާސްކުރި އިޞްލާހުގައިި ފަނޑިޔާރުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަޤާމަށް އެ މީހަކު ޤާބިލު ނޫންކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާބޫލުކުރެވިގެން، މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ ފަނޑިޔާރަކު ވަކިކުރުމަށް މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވިވެވަޑައިގަންނަވާ މެންބަރުންގެ ތިން ބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތުން ފާސްވުމުންކަމަށް ބަޔާންކުރައްވާފައިވެއެވެ.

ބިލް އަނބުރާ ފޮނުއްވާލެއްވި ސަބަބުތަކާއި ގުޅޭގޮތުން އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް ވިދާޅުވީ އެ ބިލުގައި ބުނާ ގޮތަށް ހަތް ފަނޑިޔާރުންގެ ޤާބިލްކަން ވަޒަންކުރެވޭނެ ޙާލަތެއް މިހާރު ނެތް ކަމަށެވެ.

ސުޕްރީމް ކޯޓްގެ ހަތް ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރަކު އިސްތިއުފާ ދެއްވާފައިވުމާއި ދެ ފަނޑިޔާރަކު ސަސްޕެންޝަނުގައި ހުރުމުން އަދި ޖިނާޢީ ތަޙުޤީޤެއް ހިންގަމުންދާތީ ދެން ތިބި ފަނޑިޔާރުންގެ ޤާބިލުކަން ވަޒަންކޮށް ގޮތް ނިންމުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެ ކަމަށެވެ.

އަދި ނެތް ބިލްގެ ބައެއް މާއްދާތައް މިހާރު އޮތްގޮތުން ބައެއް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާތީ ބިލް ތަސްދީޤު ނުކުރައްވާ އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހަށް ބިލް ފޮނުއްވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުއްވީ ކަމަށް އުޝާމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު