ENGLISH

21 އޭޕްރީލު 2025

Advertisement

ކުޑަކުދީންތަކެއް މާރާމާރީ ހިންގާ އެއްކުއްޖަކު ޒަޚަމުކޮށްލައިފި

12 މާރިޗު 2025

|

އަޙުމަދު ޙަމީދު

ފުލުހުންގެ މައި އިދާރާ

ހުޅުމާލެ ފޭސް ދޭއްގައި ކުޑަކުދީންތަކެއް މިރޭ މާރާމާރީ ހިންގައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި މާރާމާރީ ހިންގީ މިރޭ 10 ޖަހާކަންހާއިރު ފޭސް ދޭއްގައި ކަމަށެވެ. އަށާރަ އަހަރުން ދަށުގެ ކުދީންތަކެއް މާރާމާރީ ހިންގީ ތޫނު ހަތިޔާރު ބޭނުން ކޮށްގެންނެވެ.

މި މާރާމާރީގައި އެތަނުން އެއް ކުއްޖަކު ވަނީ ޒަހަމުވެފަ އެވެ.

ފުލުހުން ބުނީ މާރާމާރީގެ މައްސަލާގައި ދެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އިތުރު ހަތަރު ކުދީން ހިފަހައްޓާފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު