ENGLISH
13 ޖުލައި 2025
މިހާތަނަށް 110127 ރޯދަ ހަދިޔާ ދެވިފައިވޭ: މިނިސްޓަރ
11 މާރިޗު 2025
|
މިނިސްޓަރ އާދަމް ޝަރީފް އުމަރު / ފޮޓޯ: މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް
ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި މިހާތަނަށް ޖުމްލަ 110127 (އެއްލައްކަ ދިހަ ހާސް އެއްސަތޭކަ ހަތާވީސް) މަސްދަޅު ކޭސް ބަހާފައިވާކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސްއިން ބުނެފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި މިނިސްޓަރ ވަނީ މި މަސައްކަތުގެ ތެރެއިން ރޭގެ ނިޔަލަށް ރޯދަ ހަދިޔާގެ އަދާހަމަ ހާމަކޮށްފައެވެ. އެގޮތުން ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތުގައި ރޭގެ ނިޔަލަށް މާލޭގެ ގޭބިސީތަކަށް 49،416 އަދި ރަށްރަށުގެ 60،711 ގޭބިސީތަކަށް ރޯދަ ހަދިޔާ ދެވިފައިވާކަމަށް މިނިސްޓަރގެ ޕޯސްޓުގައިވެއެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ސަރުކާރުން ނިންމައި އެ މަސައްކަތް މިހާރުދަނީ ކުރެވެމުންނެވެ. މިއީ 180 ގްރާމްގެ 48 ދަޅުގެ މަސްދަޅު ކޭހެވެ.
މި ރޯދަމަހާ ދިމާކޮށް ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ސަރުކާރުން ދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ރަމަޟާން މަހުގައި ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ބާސްމަތީ ހަނޑުލާއި، 10 ކިލޯގެ ފުށް ސަރުކާރުން ދެއްވިއެވެ.