ENGLISH

21 އޭޕްރީލު 2025

Advertisement

މި އަހަރުވެސް ފަހު ދިހައެއް ބަންދުވާނެ: ރައީސް އޮފީސް

11 މާރިޗު 2025

|

އަޙުމަދު ޙަމީދު

ކެބިނެޓް ބައްދަލްވުމެއް ކުރިއަށް ދަނީ

މިހިނގާ މާރިޗު މަހުގެ 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން ރަމަޟާން މަހުގެ ފަހުދިހައިގައި ސަރުކާރުގެ އޮފީސްތައް ބަންދުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

ރަމަޟާން މަހުގެ ފަހުދިހައެއް ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާންމުކުރި ދެންނެވުމެއްގައި ވަނީ 1445 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެމަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފެބުރުވަރީ 4، 2024 ގައި ނެރުއްވި ދެންނެވުމުގައި ހަމަޖައްސަވައިފައިވާތީ އެ ދެންނެވުމާއި އެއްގޮތަށް މި އަހަރުގެ ފަހު ދިހަ ދުވަސް ވެސް ބަންދު ދުވަސްތަކެއް ކަމަށް ކަނޑައަޅުއްވާފައިވާ ކަމަށެވެ.

ރަމަޟާން މަހުގެ ފަހުދިހައިގައި ސަރުކާރުގެ އޮފީސްތައް ބަންދު ކުރެއްވުމަށް ހަމަޖެއްސެވީ، އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ.

ރަމަޟާންމަހުގެ ފަހުދިހައަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދެއްވަންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން ދެއްވުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައި ވަނީ އަންގަވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު