ENGLISH

21 އޭޕްރީލު 2025

Advertisement

ސީއެސްސީގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

11 މާރިޗު 2025

|

އާމިނަތު މައިހާ

ސީއެސްސީގެ ނައިބު ރައީސް އިބްރާހިމް ރަޝީދު / ފޮޓޯ: ސީއެސްސީ

މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް އިބްރާހީމް ރަޝީދު އިސްތިއުފާދެއްވައިފިއެވެ.

އިބްރާހިމް ރަޝީދު މަގާމަށް އައްޔަނުކުރައްވާފައިވަނީ 2020 ސެޕްޓެމްބަރު 3 ގައެވެ. 

މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން ވަނީ އެނާގެ ޚިދުމަތްތަކަަށް ޝުކުރުއަދާކުރައްވާފައެވެ. 

ސިވިލް ސާވިސް ކޮމިޝަނުން ބުނެފައިވަނީ ރާއްޖޭގެ ސިވިލް ސަރވިސްގެ މުސްތަޤްބަލް ބައްޓަންކޮށް، ޑިޖިޓަލައިޒޭޝަންގެ ޒަރިއްޔާއިން މާނަ ހުރި ބަދަލުތަކެއް ގެނައުމުގައި އޭނާގެ ލީޑަރޝިޕާއި ތަޞައްވުރަކީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިވާ ކަމެއް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު