ENGLISH

21 އޭޕްރީލު 2025

Advertisement

ޑެޕިއުޓީ ގަވަރުނަރު، މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅައިފި

11 މާރިޗު 2025

|

އުމްނާ އިސްމާޢީލް

ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު (ފޮޓޯ/ ޕެންޝަން އޮފީސް)

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އިމާދު މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހެޅުއްވީ، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފު މުޙައްމަދެވެ. މިކަމާ ގުޅިގެން މަޝްވަރާ ކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވަނީ، އިމާދު މަގާމުން ވަކިކުރުމުގެ މައްސަލަ އިއުލާނުކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ނިންމައިފައެވެ.

ލަތީފު ކޮމިޓީއަށް ފޮނުއްވި ސިޓީގައި އިމާދު ވަކިކުރުމަށް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވިދާޅުވެފައިވަނީ ގައުުމުގެ އިގްތިސާދު ނިކަމެތިވެގެން ދިޔައިިރު އެމްއެމްއޭގެ ގާނޫނުގައި ބުނާ މަގްސަދުތައް ހާސިލުކުރުމަށް އެކަށީގެންވާ ގޮތަކަށް މަސައްކަތް ނުކުރާ ކަމަށެވެ. ގާނޫނުން މަތިކުރާ ޒިންމާތައް އަދާނުކުރާ ކަމަށް ބުނެ ދާދިފަހުން އެމްއެމްއޭގެ ގަވަރުނަރުކަމުން އަލީ ހާޝިމް ވެސް ވަކިކުރެވުނުކަން ފާހަގަކުރައްވާ އެ ސިޓީގައި ވިދާޅުވެފައިވަނީ، ޑެޕިއުޓީ ގަވަރުނަރަކީ ވެސް ގަވަރުނަރާ އެއްހަމައެއްގައި އެ ޒިންމާތައް އުފުލަންޖެހޭ ފަރާތެއް ނަމަވެސް، އެ ޒިންމާތައް އަދާކުރެއްވުމަށް މަސައްކަތް ކުރައްވާފައިވާކަން އެނގެން ނެތް ކަމަށެވެ. 

ކޮމިޓީ ބައްދަލުވުން ނިންމާލީ، ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް ހުށަހެޅުއްވި ގޮތަށް، އިމާދު ވަކިކުރުމުގެ މައްސަލަ ތަޅުމަށް ފޮނުވުމަށް ފާސްކުރުމަށް ފަހު އެވެ. އެގޮތަށް ފާސްކުރީ ބައްދަލުވުމަށް ވަޑައިިގެން ތިއްބެވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

ކިޔުންތެރިންގެ ހިޔާލު