ENGLISH

13 ޖުލައި 2025

Advertisement

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަން ފުލުހުން އިޢުލާނުކޮށްފި

11 މާރިޗު 2025

|

އާމިނަތު މައިހާ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަން ދިވެހި ފުލުހުންގެ ޚިދުމަތުން އިޢުލާނުކޮށްފިއެވެ.

ފުލުހުން މި މީހާ ހޯދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ ޢަލީ ނަޛީރު، ދަފްތަރު ނަންބަރު ރސ 14057 / މާލެ (42އ) އެވެ.

ޢަލީ ނަޛީރު ހޯދަމުންދަނީ އޭނާގެ މައްޗަށް ކްރިިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2025 މާރިޗު 17 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށެވެ. 

ކިޔުންތެރިންގެ ހިޔާލު