ENGLISH

21 އޭޕްރީލު 2025

Advertisement

ރަޖިސްޓަރ އޮފް ކޮމްޕަނީސްގެ މަގާމަށް ޝައްމަ އައްޔަންކޮށްފި

11 މާރިޗު 2025

|

އާމިނަތު މައިހާ

ރަޖިސްޓަރ އޮފް ކޮމްޕެނީސްގެ މަގާމަށް އަލްއުސްތާޛާ މަރިޔަމް ޝައްމަ އިސްމާޢީލް އައްޔަންކޮށްފިއެވެ.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޝަމްޢާއަށް މަރުޙަބާ ދަންނަވާފައެވެ. 

މި މަޤާމަށް ޝައްމަ ހަމަޖެއްސީ ކުރިން އެ މަޤާމު ފުރުއްވި މަރިޔަމް ވިސާމް މަޤާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވާފައިވަނީ މި މަހުގެ 1 ވަނަ ދުވަހު އެވެ. 

މި މަޤާމަށް އައްޔަންކުރުމުގެ ކުރިން ޝައްމަ ހުންނެވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ، ލީގަލް ކޮންސަލްޓަންޓުގެ މަޤާމުގައެވެ. އޭނާ ވަނީ މީގެކުރިން ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ ލީގަލް އެންޑް ޕޮލިސީގެ ޑިރެކްޓަރުގެ މަޤާމާއި ސްޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަޤާމު ވެސް ފުރުއްވައިފައެވެ.

ޝައްމާ ވަނީ ބެޗްލަރ އޮފް ލޯ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް ބްރިސްޓްލް އިން ހާސިލްކުރައްވައިފައެވެ. އަދި 2021 ވަނަ އަހަރުން ފެށިގެން ކޮންސިއުމަރ އޮމްބަޑްސްމަންގެ މަޤާމު އަދާކުރައްވައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު