ENGLISH
21 އޭޕްރީލު 2025
މާލޭގައި ދިރިއުޅޭ މަނަދޫ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި
11 މާރިޗު 2025
|
ގެއްލިގެން ހޯދަމުންދާ ނ. މަނަދޫ، ރީޙުއްޞަބާ، ޢަބްދުﷲ ޝިހާދު، ފުލުހުން އަންނަނީ ޝިހާދު ހޯދުމުގެ މަސައްކަތް ކުރަމުން. ފޮޓޯ: ޕޮލިސް
މާލޭގައި ދިރިއުޅޭ ނ. މަނަދޫގެ އުމުރުން 37 އަހަރުގެ މީހަކު ގެއްލިގެން، ދިވެހި ފުލުހުންގެ ޚިދުމަތުން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުން މިއަދު އާއްމުކުރި ޕޯސްޓުގައި ބުނެފައިވަނީ، ގެއްލިގެން ހޯދަމުންދަނީ ނ. މަނަދޫ، ރީޙުއްޞަބާ، ޢަބްދުﷲ ޝިހާދު ކަމަށެވެ. ޝިހާދުގެ ޚަބަރު އާއިލާއަށް ނުވީ މާރިޗު 8 ވަނަ ދުވަހުގެ 16:51 އިން ފެށިގެންނެވެ. އަދި އާއިލާއިން ވަނީ ޝިހާދު ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު މާރިޗު 10 ވަނަ ދުވަހުގެ 20:05 ފުލުހުންނަށް ހުށަހަޅާފައެވެ.
ފުލުހުން ބުނީ ޝިހާދު ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ޝިހާދު ދިރިއުޅެނީ މާލޭގައި ކަމަށާއި، އޭނާގެ ފޯނަށް ނުގުޅޭ ކަމަށް އާއިލާއާ ޙަވާލާދީ ފުލުހުން ބުނެފައިވެއެވެ.
ޝިހާދުގެ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސް ނަންބަރު 9631696 އަށް ގުޅައިގެން ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.