ENGLISH

21 އޭޕްރީލު 2025

Advertisement

ބޮޑު އޮޕަރޭޝަން؛ ހައްޔަރުކުރީ ތިން މީހުން، ބަލައިފާސްކުރަނީ އެމީހުންނާ ގުޅުންހުރި ތަންތަން

11 މާރިޗު 2025

|

ޝިފްޒާން އަޙްމަދު

ފުލުހުންނާއި ސިފައިން ގުޅިގެން މިރޭ ހިންގަމުންދާ ބޮޑު އޮޕަރޭޝަނުގެ ތެރެއިން، ފޮޓޯ: މިހާރު

ދިވެހި ފުލުހުންގެ ހިދުމަތާއި ގައުމީ ދިފާއީ ބާރު ގުޅިގެން މިރޭ ހިންގަމުންދާ ބޮޑު އޮޕަރޭޝަނުގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް އެމީހުންނާ ގުޅުންހުރި ތަންތަން ބަލައިފާސްކުރަމުން އަންނަކަމަށް ފުލުހުންގެ ހިދުމަތުން ބުނެފިއެވެ. 

ފުލުހުން ބުނި ގޮތުން މި އޮޕަރޭޝަނަކީ އެ ހިދުމަތުގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގަމުންދާ އޮޕަރޭޝަނެކެވެ. އަދި އެ އޮޕަރޭޝަން ހިންގަނީ ފުލުހުންނާއި ގައުމީ ދިފާއީ ބާރު ގުޅިގެންނެވެ. 

ފުލުހުން ބުނި ގޮތުގައި އެ އޮޕަރޭޝަނުގައި މިހާތަނަށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އަދި އެ މީހުންނާ ގުޅުންހުރި ބައެއް ތަންތަންވެސް ބަލައިފާސްކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ. 

"އެމްއެމް ޓީވީ"އަށް އެނގިފައިވާ ގޮތުގައި ފުލުހުންވަނީ މާލެއާއި ހުޅުމާލޭގެ ބައެއް އިމާރާތްތައް ބަލައިފާސްކޮށްފައެވެ. އަދި އެތަންތަނުގައި ދިރިއުޅޭ މީހުންނާ ފުލުހުން ސުވާލުވެސްކޮށްފައިވެއެވެ. 

ފުލުހުން އެ އޮޕަރޭޝަނާ ގުޅޭ އިތުރު ތަފުސީލުތަކެއް ހާމަނުކުރެއެވެ. ނަމަވެސް އޮޕަރޭޝަން ކުރިއަށްދާ މިންވަރަކުން އެ އޮޕަރޭޝަނާ ގުޅުންހުރި އިތުރު މައުލުމާތު ހާމަކުރެވެން އޮތް މިންވަރަކަަށް އާންމުކުރަމުންދާނެ ކަމަށް އެ ހިދުމަތުން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު