ENGLISH

21 އޭޕްރީލު 2025

Advertisement

އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން މާލެ ސަރަހައްދުގައި ޚާއްސަ އޮޮޕަރޭޝަނެއް ފަށައިފި

10 މާރިޗު 2025

|

މުރުޝިދު އަބްދުލް ޙަކީމް

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މާލެ ސަރަހައްދުގައި ގައުމީ ސަލާމަތާ ގުޅުން ހުރި ޚާއްސަ އޮޕަރޭޝަނެއް މިރޭ ފަށައިފި އެެވެ.

ފުލުހުން މިކަން ހާމަކޮށް އާއްމު ކުރި ކުރު ބަޔާނުގައި، ގައުމީ ދިފާއީ ބާރާ ގުޅިގެން ގައުމީ ސަލާމަތާ ގުޅުން ހުރި ޚާއްސަ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ވާހަކަ ބުނެފައިވެ އެވެ. އެހެން ނަމަވެސް އޭގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. 

"ދިވެހި ފުލުހުންގެ ޚިދުމަތާއި ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރު ގުޅިގެން ގައުމީ ސަލާމަތާ ގުޅުން ހުރި ޚާއްސަ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ވާހަކަ ދަންނަވަމެވެ." ފުލުހުން ނެރުނު ބަޔާނުގައިވެ އެވެ. 

ފުލުހުން އިތުރަށް ބުނެފައިވަނީ މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ލިބުނު ވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު