ENGLISH

21 އޭޕްރީލު 2025

Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

10 މާރިޗު 2025

|

ޝިފްޒާން އަޙްމަދު

ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވައިލީ މިއަދު، ފޮޓޯ: ޕީއެސްއެމް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސަވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ހުޅުވާލައިފިއެވެ. 

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި އަލްއުސްތާޛު ޙުސްނުއް ސުޢޫދު އެ މަގާމުން އިސްތިއުފާދެއްވުމުންނެވެ. އޭނާ މަގާމުން އިސްތިއުފާދެއްވީ އޭނާއާމެދު ތުހުމަތުވާ ކޮރަޕްޝަނުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އީސީސީ)އިން ތަހުގީގުކުރަމުންދާކަން ޖޭއެސްސީއަށް އެންގުމާ ގުޅިގެން އޭނާ ސަސްޕެންޑުކުރުމުންނެވެ. 

އޭނާ ސަސްޕެންޑުކުރި ފަހުން އިތުރު އެހެނިހެން ބައެއް މައްސަލަތައް ޖޭއެސްސީއަށް ހުށަހެޅި އެ މައްސަލަތައް އެ ކޮމިޝަނުން ބަލަން ފެށިއެވެ. 

ސުއޫދު އިސްތިއުފާދެއްވައި ފޮނުއްސި ސިޓީ ޖޭއެސްސީއަށް ލިބުމާ ގުޅިގެން އެ ކޮމިޝަނުންވަނީ އޭނާގެ އިސްތިއުފާ ގަބޫލުކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އޭނާ ވަކިކޮށްފައެވެ. 

މިއަދު ޖޭއެސްސީން ކުރި އިއުލާނުގައި ބުނި ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވައިލީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް ފަނޑިޔާރުކަމަށް ބޭފުޅަކު އައްޔަންކުރުމަށް މަޝްވަރާއާއި ލަފާ އެރުވުމަށެވެ. 

އެ މަގާމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކަކީ 

  • ސުންނަން ޖަމާއަތުގެ މުސްލިމަކު ކަމުގައިވުން
  • އުމުރުން 30 އަހަރު ފުރިފައިވުން 
  • އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނުގެ ދާއިރާއިން ދަށްވެގެން ފުރަތަމަ ޑގުރީ ހާސިލުކޮށްފައިވުން 
  • މަދުވެގެން ހަތް އަހަރު ޤާނޫނީ ވަކީލުކަން ނުވަތަ ފަނޑިޔާރުކަން ކޮށް ތަޖުރިބާ ލިބިފައިވުން 
  • ސިޔާސީ މަޤާމެއް ފުރަމުންދާ ނުވަތަ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުން 
  • އިސްލާމްދީނުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް، ޚިޔާނާތުގެ ކުށެއް، ރިޝްވަތުގެ ކުށެއް ކުރިން ޝަރީއަތަށް ސަބިތުވެފައިވާ މީހަކަށް ނުވުން 

މި މަގާމަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް މި މަހުގެ 12 ވަނަ ދުވަހުގެ 11:00 އާ ހަމައަށް ޖޭއެސްސީގެ ފަހިރެސް ޕޯޓަލު މެދުވެރިކޮށް އެކަމަށް އެދި ހުށަހެޅޭނެ ކަމުގައި ކޮމިޝަނުން ބުންޏެވެ. 

ފަނޑިޔާރު ސުއޫދު ސަސްޕެންޑުކުރުމުން އިސްތިއުފާދެއްވިއިރު އިތުރު ދެ ފަނޑިޔާރަކާ ގުޅޭ މައްސަލަތަކެއްވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އެއީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. 

ކިޔުންތެރިންގެ ހިޔާލު