ENGLISH

21 އޭޕްރީލު 2025

Advertisement

ބްރޯޑްކޮމް އިން ފަޒީން ވަކިކުރަން ކޮމިޓީން ފާސްކޮށްފި

10 މާރިޗު 2025

|

އުމްނާ އިސްމާޢީލް

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ (ފޮޓޯ/ މަޖިލީސް)

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް ކަމުގެ މަގާމުން މުހައްމަދު ފަޒީން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ފަޒީންގެ މައްޗަށް ުރެވެނީ ބްރޯޑްކޮމްގެ މުވައްޒަފަކަށް ޖިންސީ ފުރައްސާކުރަކުރި ކަމުގެ ތުހުމަތެވެ. އެ މައްސަލަ މަޖިލީހުގެ ކޮމިޓީން ދަނީ މިދިޔަ ޖެނުއަރީން ފެށިގެން ބަލަމުންނެވެ. އޭނާ މަގާމުން ވަކިކުރުމުގެ މަރުހަލާ ފެށުމަށް ކޮމިޓީން މިދިޔަ ހަފްތާގައި ނިންމިއިރު، މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ އެ މައްސަލަ ތަޅުމުގައި އިއުލާނުކޮށްފަ އެވެ.

ވަކިކުރުމުގެ މަރުހަލާ ފަށަން ފާސްކުރި ނަމަވެސް، ފަޒީންއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް މީގެކުރިން ކޮމިޓީން ނިންމާފައިވާ ގޮތަށް، މިއަދު ބައްދަލުވުމެއް ބޭއްވި އެވެ. އެހެންނަމަވެސް ފަޒީން އަދި އޭނާގެ ވަކީލް ވެސް ބައްދަލުވުމަށް ހާޒިރުވެފައެއް ނުވެ އެވެ. ވަކީލަށް ދިމާވި އާއިލީ ކަމަކާ ގުޅިގެން ބައްދަލުވުމަށް ހާޒިރުވާން އުޒުރުވެރިވަމުން އިތުރު ދުވަހަކަށް ބައްދަލުވުން ތާވަލުކޮށްދިނުމަށް އެބޭފުޅުންގެ ފަރާތުން އެދިފައިވެ އެވެ.

އެހެންވެ، ޖަވާބުދާރީވުމަށް އިތުުރު ބައްދަލުވުމެއް ތާވަލުކުރުމަށް ކޮމިޓީގެ މުގައްރިރު، މާފުށީ ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން ރިޟާ އާދަމް ނިންމެވިއެވެ. މެމްބަރުންގެ މަޝްވަރާއަށްފަހު ހޯމަ ދުވަހަށް އެ ބައްދަލުވުން ބާއްވާނެ ކަން ވެސް އިއުލާނު ކުރެއްވި އެވެ.

އެކަމަކު ބައްދަލުވުން ނިންމާލާފައިވަނީ އެ މައްސަަލައާ މެދު އިތުރަށް މަޝްވަރާކޮށް، ނިންމުން ވެސް ބަދަލުކުރުމަށްފަހު އެވެ. މައިކު ނުޖައްސާ ކުރެވުނު މަޝްވަރާތަކަށްފަހު މެމްބަރުން ނިންމަވާފައިވަނީ ފަޒީން ވަކިކުރުމުގެ މައްސަލަ ތަޅުމަށް ފޮނުވުމަށެވެ. އެގޮތަށް ނިންމެވީ އެއްވެސް މެމްބަރެއް އެކަމަށް އިއުތިރާޒް ނުކުރައްވާތީ ކަމަށް މުގައްރިރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު