ENGLISH

21 އޭޕްރީލު 2025

Advertisement

ހުޅުމާލޭގައި ތެޔޮ ޓޭންކުތަކެއް ބަހައްޓަން ސޮއިކޮށްފި

10 މާރިޗު 2025

|

އުމްނާ އިސްމާޢީލް

ސްޓެލްކޯއާއ އެމްޓީސީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން

ހުޅުމާލޭގައި ތެޔޮ ސްޓޯރޭޖް ޓޭންކުތަކެއް ބެހެއްޓުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި ދެމެދު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެ އެވެ.

ސްޓެލްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.

މި އެއްބަސްވުން އެކުލާވާލާފައިވަނީ، ޕީކް ސީޒަނަށް ތައްޔާރުވުމުގެ އިތުރުން ގްރޭޓާ މާލޭ ޕަވަރ ޖެނެރޭޝަން ބެކަޕްގެ ގޮތުގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ގާއިމް ކުރާ ހުޅުމާލެ ޕަވަރހައުސް އެންކްސް 2 ގައި 80،000 ލީޓަރުގެ ދެ ތެޔޮ ޓޭންކް ބެހެއްޓުމުގެ ބޭނުމުގަ އެވެ.

މި ޓޭންކުތަކާއެކު، ކަރަންޓަށް އޮތް ޑިމާންޑާ އެއްވަރަކަށް ސްޓެލްކޯގެެ ކެޕޭސިޓީ އިތުރުވެގެންދާނެ ކަމަށް އެމްޓީސީސީން ގަބޫލުކުރެ އެވެ.

އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ އެ ޓޭންކުތަކުގެ ޑިޒައިންއާއި ފެބްރިކޭޝަންގެ މަސައްކަތެވެ.

ހޫނު މޫސުމާއި އަދި ރޯދަ މަހާ ދިމާކޮށް 17 މެގަވޮޓުގެ ކަރަންޓު އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް ހުޅުމާލޭގައި ގާއިމުކުރުމުގެ މަސައްކަތް ސްޓެލްކޯއިން އަންނަނީ ކުރަމުންނެވެ. މާލެ ސަރަހައްދުގެ ކަރަންޓުގެ ޑިމާންޑް، ޚާއްސަކޮށް ރަމަޟާން މަހު، އިތުވެގެން ދާނެ ކަމަށް ލަފާކޮށްފައިވާއިރު  މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. 

ކިޔުންތެރިންގެ ހިޔާލު