ENGLISH
21 އޭޕްރީލު 2025
ވީއައިއޭގެ އާ ޓަރްމިނަލްއާ އެކު ޓްރެފިކް ފްލޯއަށް ބަދަލުތަކެއް
10 މާރިޗު 2025
|
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވިގެންދާއިރު އެއަރޕޯޓުގެ ޓްރެފިކް ފޮލޯއަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓާއި އެމްއޭސީއެލްއާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުވުމުގައި ޓެކްސީ ކިއު ސިސްޓަމަށް ގެނައުމާއި، ޓެކްސީތަކާއި ހަތަރު ފުރޮޅުލީ އުޅަނދުތައް ގެންގުޅޭ ރޫޓުތަކަށް އެޖަސްޓް ކުރުމާއި، އިތުރު އުޅަނދުތަކަށް ޕާކިން އޭރިއާތައް ކަނޑައެޅިފައިވާ ގޮތް ވަނީ ހިމަނާފަ އެވެ.
އަދި، އެއަރޕޯޓު ސަރަޙައްދުގައި ބަހައްޓާ "ރައުންޑް އެބައުޓް" ބޭނުންކުރާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރި އެވެ.
އެ ބަދަލުތަކަކީ އާ ޓާމިނަލްގެ ޚިދުމަތް ފެށުމާއެކު އެއާޕޯޓުގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ފަސިންޖަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބިގަތުމަށް މަގުފަހިކުރުމަށް ގެނެވޭ ބަދަލުތަކެކެވެ.
ޒަމާނީ ޚިދުމަތްތަކާއި ވަސީލަތްތައް ގާއިމްކޮށްފައިވާ އާ ޓާމިނަލް ތަރައްގީގެ އެންމެ ފަހު މަރުހަލާގައި ކުރިއަށްދާއިރު، މިހާރު އިސްކަންދެނީ އެ ޓާމިނަލް ހިންގުމަށް ގެނައުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ކުރިން އާ ޓާމިނަލް ހުޅުވާނެކަން އިއުލާން ކުރައްވައިފައެވެ.