ENGLISH

21 އޭޕްރީލު 2025

Advertisement

މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

10 މާރިޗު 2025

|

އުމްނާ އިސްމާޢީލް

މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން، އެމްއެމްސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ، އެ ކައުންސިލްގެ މީޑިއާތައް ތަމްސީލުކުރާ މެމްބަރެއްގެ މަގާމު ހުސްވެފައިވާތީ އެވެ.

އެހެންވެ، އެމްއެމްސީން ވަނީ، އެ ކައުންސިލްގެ މެންބަރުކަމަށް ވާދަކުރަން އެދޭ ފަރާތްތަކުން މި މަހުގެ 18 ގެ 14:00 ގެ ކުރިން ފޯމު ފުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާ އެކު މިނިސްޓްރީގެ މެއިލް, [email protected] އަށް ފޮނުވުމަށް އެދިފަ އެވެ.

މީޑިއާ ކައުންސިލްގެ މެމްބަރުންގެ މުއްދަތަކީ މީލާދީ ދެ އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު