ENGLISH

21 އޭޕްރީލު 2025

Advertisement

ސްޕެއިނާއި ނިއުޒިލޭންޑަށް ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައަޅުއްވަނީ

10 މާރިޗު 2025

|

ޝިފްޒާން އަޙްމަދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ، ފޮޓޯ: މަޖިލިސް

ސްޕެއިނަަށާއި ނިއުޒިލޭންޑަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަންކުރުމާ ގުޅޭ ގޮތުން ލަފާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. 

ޤާނޫނުއަސަސީގެ 115 ވަނަ މާއްދާގެ ދަށުން އަދި ފޮރިން ސާވިސް ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން އެ ދެ ގައުމަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަންކުރެއްވުމަށް ރައީސް ފޮނުއްވި ސިޓީ މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި އަމީން ޢާންމުވަނީ އިއްވަވާފައެވެ. 

އެ ސިޓީގައި މަޖިލީހުގެ ލަފައެއް ހޯއްދަވަން ރައީސް އެދިވަޑައިގެންފައިވަނީ، ސްޕެއިނަށް ކަނޑައަޅާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރުކަމަށް އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިރްތިޝާމު އާދަމް އައްޔަންކުރެއްވުމާމެދުއެވެ. 

އަދި ނިއުޒިލޭންޑަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރުކަމަށް ސިންގަޕޫރުގައި ހުންނަވާ ދިވެހި ސަަފީރު މުހައްމަދު ލުވައިޒް އައްޔަންކުރެއްވުމާމެދު މަޖިލީހުގެ ލަފައަކަށް ރައީސް އެދިވަޑައިގެންފައިވެއެވެ. 

ރައީސް ހުށަހެޅުއްވި ހުށަަހެޅުއްވުމާ ގުޅިގެން އެ މައްސަލަ ދިރާސާކުރަން، ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް މިއަދުވަނީ ފޮނުއްވާފައެވެ.  

ކިޔުންތެރިންގެ ހިޔާލު