ENGLISH
21 އޭޕްރީލު 2025
ބަލިމީހުންނަށް ޒިޔާރަތް ކުރެވޭ ވަގުތު އިތުރުކޮށްފި
09 މާރިޗު 2025
|
ދަރުމަވަންތަ ހޮސްޕިޓަލް: ފޮޓޯ: އެޑިޝަން
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްތަކުގައި އެނދުމަތި ކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ރޯދަމަހު ޒިޔާރަތްކުރެވޭ ވަގުތު އިތުރުކޮށްފި އެވެ.
މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް ހިންގާ ކުންފުނިން މިއަދު ބުނީ އެ ގުރޫޕްގެ ދަށުން ހިންގާ ހޮސްޕިޓަލްތަކުގައި އެނދުމަތި ކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ރޯދަމަހު ޒިޔާރަތްކުރެވޭ ވަގުތު ހަވީރު 5:00 ން ފެށިގެން ރޭގަނޑު 10:30 އަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިއީ އާންމުންނަށް ފަސޭހަ ކޮށް ދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ދަށުން ހިންގަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލެވެ.