ENGLISH
21 އޭޕްރީލު 2025
ހާފިޒުން ދަސްވެނިވުމަށް ޚާއްސަ ހަފްލާއެއް، ފުރަތަމަ ހަފްލާ ރޯދަ މަހު ބާއްވަނީ
09 މާރިޗު 2025
|
ހާފިޒުން ދަސްވެނިވުމަށް ބާއްވާ ތާރީޚީ ފުރަތަމަ ޙަފްލާ މި ރަމަޟާން މަހު ބޭއްވުމަށް ނިންމަވާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކީރިތި ގުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށާއި ހާފިޒުންނަށް ހަޤީޤީ މަޤާމު ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފަ އެެވެ. އަދި ހާފިޒުންނަށް ސަރުކާރުން ދެއްވަމުން ގެންދަވާ އިނާޔަތް ބޮޑު ކުރައްވާނެ ކަމަށް ވެސް ރައީސް ވަނީ އިއުލާނު ކުރައްވާފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ވިދާޅުވުމާއި ގުޅިގެން ހާފިޒުން ދަސްވެނިވުމަށް ވަކީން ޚާއްސަ ޙަލްފާއެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
އަދި މިދިޔަ ޖުލައި މަހުގެ ތެރޭގަައި އޮތް ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ވަނީ ހާފިޒުން ދަސްވެނިވުމަށް މި އަހަރުން ފެށިގެން ވަކި ޙާއްސަ ހަފްލާއެއް ބާއްވަވާނެކަން އިއުލާނު ކުރައްވާފަ އެވެ.
މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ ހާފިޒުން ދަސްވެނިވުމަށް ބާއްވާ ތާރީޚީ ފުރަތަމަ ޙަފްލާ މި ރަމަޟާން މަހުގެ 27 ވިލޭރޭ ބާއްވާ ގޮތަށް ވަނީ ނިންމާފައި ކަމަށެވެ. މި ޙަފްލާގައި 20-25 ދެމެދު އަދަދެއްގެ ޙާފިޒުން ދަސްވެނިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަދި މިއީ ރާއްޖޭގެ ތާރީޚުގައި ވެސް މިކަމަށް ޚާއްޞަކޮށް ބޭއްވޭ މިފަދަ ފުރަތަމަ ޙަފްލާކަން މިނިސްޓަރު ޝަހީމް ވަނީ ފާހަގަ ކުރައްވާފަ އެވެ.