ENGLISH

21 އޭޕްރީލު 2025

Advertisement

48 ހާސް ގޭބީސީއަށް ރޯދަ ހަދިޔާ ދީފި، ރޯދަ ހަދިޔާ ދޫކުރުން މިފްކޯ ފިހާރަތަކަށް ބަދަލުކުރަނީ

09 މާރިޗު 2025

|

އަޙުމަދު ޙަމީދު

ރޯދަ ހަދިޔާ ދޫކުރުން

މިހާތަނަށް އައިއިރު، މާލެ ސަރަހައްދުގައި 48 ހާސް ގޭބިސީއަށް ރޯދަ ހަދިޔާ ފޯރުކޮށްދީފައިވާ ކަމަށް ސިޓީސްތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މި އަހަރު ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ދަނީ ބަހަމުންނެވެ. ރައްޔިތުންނަށް ފަސޭހައިން ރޯދަ ހަދިޔާ ލިބޭނެ މަގު ތަނަވަސް ކޮށްދިނުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި މަރުކަޒުތައް ގާއިމުކޮށް ޚާއްސަ ނިޒާމެއްގެ ދަށުން ރޯދަ ހަދިޔާ ދަނީ ދޫކުރަމުންނެވެ.

އެގޮތުން 13 މަރުކަޒަކުން ރޯދަ ހަދިޔާ ދޫކުރަމުންދެ އެވެ.

މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވީ މިރެއާ މާދަމާ ރޭ ވެސް މިހާރެކޭ އެއްގޮތަށް 13 މަރުކަޒުން ރޯދަ ހަދިޔާ ދޫކުރުން ކުރިޔަށްދާނެ ކަމަށެވެ.

އަދި ވިދާޅުވީ ގިނަ ފަރާތްތަކަކަށް ރޯދަ ހަދިޔާ ދޫކުރެވިފައިވާތީ މާޗް 11 ވަނަ ދުވަހުން ފެށިގެން، ރޯދަ ހަދިޔާ ދޫކުރާނީ މިފްކޯގެ ފިހާރަތަކުން ކަމަށެވެ. މާލެ އަދި ހުޅުމާލޭގައި ހުރި މިފްކޯގެ ހަތަރު ފިހާރަ ހުޅުވިފައި ހުންނަ ގަޑި ތަކުގައި ރޯދަ ހަދިޔާ ދޫކުރުން ކުރިޔަށްދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރޯދަ ހަދިޔާ ދޫކުރާ މަރުކަޒުތައް މާޗް 11 ވަނަ ދުވަހުން ފެށިގެން ބަދަލުވީ ނަމަވެސް، ދޫކުރުން ކުރިޔަށްދާނީ މިހާރެކޭ އެއްގޮތަށް، އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިން ކަމަށެވެ. އަދި ރޯދަ ހަދިޔާ ބޭނުންވާ ހުރިހާ ފަރާތްތަކަށް ހަދިޔާ ލިބެންދެން ކުރިޔަށް ދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު