ENGLISH

21 އޭޕްރީލު 2025

Advertisement

ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އަޖުވަދު މުސްޠަފާ އައްޔަނުކޮށްފި

09 މާރިޗު 2025

|

ޢަލީ ޝަހީމް

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އަލްފާޟިލް އަޖުވަދު މުޞްޠަފާ އައްޔަންކޮށް ލިޔުން ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ސީއެސްސީ

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އަޖުވަދު މުޞްޠަފާ މިއަދު އައްޔަނުކޮށްފިއެވެ. 

ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އަޖުވަދު މުޞްޠަފާ އައްޔަނުކޮށް ލިޔުން ޙަވާލުކުރީ، ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އަޖުވަދު މުޞްޠަފާއަށް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ލިޔުން ޙަވާލުކޮށްދެއްވީ، ކޮމިޝަނުގެ ރައީސް މުޙައްމަދު ނާސިޙެވެ. 

މިނިސްޓްރީ އޮފް ޓޫރިޒަމާއި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އެއްކޮށްލުމަށްފަހު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އުފެއްދެވީ ފެބްރުވަރީ 1 ވަނަ ދުވަހުއެވެ. ދެ މިނިސްޓްރީ އެއްކޮށްލުމަށްފަހު އެދުވަހު ވަނީ މިނިސްޓަރު ކަމަށް، އޭރު އެންވަޔަރަމަންޓް މިނިސްޓަރުކަމުގައި ހުންނެވި ތާރިގު އިބްރާހީމް ހަމަޖައްސަވައިފައެވެ.

ދެ މިނިސްޓްރީ އެއްކޮށްލުމަށްފަހު އަލަށް އުފެއްދި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ސިވިލް ސަރވިސް ކޮމިޝަނުން ހުޅުވާލީ ފެބްރުވަރީ 3 ވަނަ ދުވަހުއެވެ.

އަޖުވަދު މުޞްޠަފާ ކުރިން ހުންނެވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމުގައެވެ. އަޖުވަދުގެ މަޤާމް އޭރު ގެއްލުނީ، ޤާނޫނުގައި އޮންނަ ގޮތުން މިނިސްޓްރީއެއް އުވުމާއެކުއެވެ. 

ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އައްޔަނުކުރެއްވި އަޖުވަދު ވަނީ އިނގިރޭސިވިލާތުން އިކޮނޮމިކްސް ދާއިރާއިން މާސްޓާސް ޑިގްރީ ޙާސިލުކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު