ENGLISH
21 އޭޕްރީލު 2025
ފައިދާވާ ކުންފުންޏަކަށް މިފްކޯ ހެދޭނެކަމުގެ ޔަގީންކަން އެބަ އޮތް: ފަރްހަތު
09 މާރިޗު 2025
|
ފަރުޙަތު ޝަހީރު
މަސްކުންފުނި, މިފްކޯ އަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރު ކަމުގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް (ރޓ) ފަރުޙަތު ޝަޙީރު ވިދާޅުވެއްޖެ އެވެ.
މިފްކޯގެ ސީއީއޯގެ މަޤާމަށް ފަރުޙަތު އައްޔަނު ކުރެއްވީ މި މަހުގެ ފަސްވަނަ ދުވަހު އެވެ.
މަޤާމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ދެއްވި ބަސްދީގަތުގައި ފަރުޙަތު ވިދާޅުވީ މަސްވެރި ކަމަކީ ރާއްޖޭގެ އެއް ނަންބަރު ސިނާއަތަށް ހެދުމަށް އަމާޒު ހިފާފައިވާ ކަމަށާ މިފްކޯގެ ހިންގުން ހަރުދަނާކޮށް މަސްވެރި ކަމުގެ ދާއިރާއަށް މުހިންމު ބަދަލުތަކެއް ގެނެވިއްޖެ ނަމަ އެއީ ކުރެވޭނެ ކަމެއް ކަމަށެވެ.
ފަރުޙަތު ވިދާޅުވީ މިފްކޯގެ ހިންގުން ހަރުދަނާކޮށް އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމަށެވެ. އެ ފިޔަވަޅުތައް އަޅުއްވާ މިފްކޯ އަކީ ފައިދާވާ އަދި މަސްވެރިކަމުގެ ދާއިރާއަށް ބަދަލު ގެންނާނެ ކުންފުންޏަކަށް ހައްދަވާނެ ކަމަށެވެ. ނަމަވެސް އެކަމަށްޓަކާ ފިޔަވަޅުތައް އަވަސް ކުރުން މުހިންމު ކަމުގައި ވިދާޅުވި އެވެ.
"ވަރަށް ޓަފް ޑިސިޝަންތަކެއް އަޅުގަނޑުމެން ނަގަން ޖެހޭނީ،" ތަފްސީލުތައް ފަހުން ހާމަ ކުރައްވާނެ ކަމަށް ވިދާޅުވެ ފަރްޙަތު ވިދާޅުވި އެވެ.
ފަރުޙަތަކީ އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. ގައުމީ ދިފާޢީ ބާރުގައި ވެސް އިސް މަޤާމުތަކެއް ފުރުއްވާފައިވެ އެވެ.
ސަރުކާރުން ދަނީ މިފްކޯގެ ހިންގުން ހަރުދަނާކޮށް އެއީ ފައިދާގައި ހިންގާ އަދި މަސްވެރިކަމުގެ ދާއިރާއަށް އިންގިލާބީ ބޮޑު ބަދަލެއް ގެންނާނެ ކުންފުންޏަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ. ޚާއްސަކޮށް މިފްކޯގެ ތެރޭގައި އެއްވެސް ބާވަތެއްގެ ކޮރަޕްޝަނަކަށް ޖާގަ ނުދެއްވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވެ އެވެ.