ENGLISH
21 އޭޕްރީލު 2025
މާލޭގެ ގެއަކަށް ވަދެ ބިރުދައްކައި އިންޒާރުދިން މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި
09 މާރިޗު 2025
|
ގަލޮޅު ގެއަކަށް ވަދެ އެގޭގެ ވެރިފަރާތަށް ބިރުދައްކައި އިންޒާރުދިން މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން. ފޮޓޯ: ޕޮލިސް
މާލޭގެ ގަލޮޅުގައި ހުންނަ ގެއަކަށް ވަދެ، އެގޭގެ ވެރިފަރާތަށް ބަޔަކު މީހުން ރޭ ބިރުދައްކައި އިންޒާރުދިން މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، އެގެއަށް ރޭ މެންދަރު 12:45 ހާއިރު ހަތަރު މީހަކު ވަދެ ގެއަށް ގެއްލުންދީފައިވާ މައްސަލައާ ގުޅިގެން އެ ހަތަރު މީހުން ކުށުގެ ވެށިން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މައްސަލައާ ގުޅިގެން ހައްޔަރުކުރީ، ރީތިހިޔާ، އއ. މާޅޮސް، މުޙައްމަދު އަފްލާޙް (23އ)، އެލަސް، ނ. ވެލިދޫ، އިބްރާހީމް އަޙްނަފް (21އ)، ހަވޭލި، ނ. މަނަދޫ، މުޙައްމަދު އަޒާން (23އ) އަދި ފަޒާ، ތ. ގުރައިދޫ، ޢަލީ ނަވާފު (21އ) އެވެ.
ފުލުހުން ބުނީ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް އެމީހުން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ތަޙްޤީގުކުރަމުންދާކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.