ENGLISH
21 އޭޕްރީލު 2025
މާލިއްޔަތު ކޮމިޓީގެ މަސައްކަތްތައް ކުރިޔަށްދަނީ އެއްވެސް ކަހަލަ ނުފޫޒެއްނެތި: އެމްޕީ މަމްދޫހް
09 މާރިޗު 2025
|
ފުނަދޫ ދާއިރާގެ މެމްބަރު މުހައްްމަދު މަމްދޫހް އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި
ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދަނީ އެއްވެސް ކަހަލަ ނުފޫޒެއް ނެތި ކަމަށާއި، ކޮމިޓިީއަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި އެއްވެސް ފަރާތެއް އިސްތިސްނާ ނުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަމްދޫހު ވިދާޅުވީ 19 ވަނަ ރަައްޔިތުންގެ މަޖިލީހާ ޚިލާފަށް، މި މަޖިލީހުގެ މާލިއްޔަތު ކޮމިޓިީން މިސަރުކާރުގެ މައްސަލަތައްވެސް އޮންނަ އުސޫލުގެ ތެރެއިން ބަލަމުންދާނެ ކަމަށެވެ. އަދި މިހާރުވެސް މަޖިލީހުގެ މަސަައްކަތްތަކަށް ބަލާލުމުން މިކަން ހާމަވެގެންދާނެކަމަށެވެ.
އެމްޑީޕީއަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދިނުމުން، ވައްކަމާއި ކޮރަޕްޝަނުގެ އަމަލުތައް އިމެއްނެތި ހިންގުމަށް، ދޮރުތައް ފުޅާކޮށް ހުޅުވާލެވިގެން ދިޔެކަމަށާއި، 19 ވަނަ މަޖިލިސް ނިމިގެން ދިޔައިރު އަދާކުރަން މަތި ކޮށްފައިވާ ޒިންމާ އަދާނުކޮށް 1،600އަށްވުރެ ގިނަ މައްސަލަ މާލިއްޔަތު ކޮމިޓީއިން އެއްވެސް ވަރަކަށް ނުބަލާ ދޫކޮއްލާފައިވާކަމަށް މަމްދޫހު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީއިން މަޖިލީހުގެ މެޖޯރިޓީގެ ބޭނުން ހިފާފައިވަނީ ރައްޔތުންގެ ބައިތުލްމާލުން ވައްކަންކުރާ މީހުންގެ ހިމާޔަތުގައި ކަމަށާއި އަދި ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރުގެ ތެރެއިން މަސަައްކަތްކުރި ފަރާތްތަކުގެ ދުވަސް ދުއްވާލުމަށްކަމަށް މަމްދޫހުގެ ވާހަކައިގަ ވަނީ ފާހަގަކުރައްވާފައެވެ.
""19 ވަނަ ރައްޔިތުންގެ މަޖިލިސް ނިމިގެންދިޔައިރު ފެނިގެންދިޔައިީ އޭސީސީއިން ފެނަކައިގެ ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ފެށުމުން އެކަން ހުއްޓުވައި، އަދި ރައީސް އޮފީހައް ރިޕޯޓެއްގެ ސިފައިގަ ސަރުކާރުތެރެއިން ކޮރަޕްޝަންެގެ އަމަލުތައް ހިންގާ ފަރާތްތަކުގެ މަޢުލާމާތު ހުށަހެޅިގެން ދިޔަ ދަނޑިވަޅުގަ، އެމައްސަލަތައް ހުށަހެޅި ފަރާތްތައް ބޭރުކޮށްލަން އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ބޭނުންކުރީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ."" - މެންބަރު މަމްދޫހު
އެހެން ނަމަވެސް މިއަދު ފެނިގެންދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިސަރުކާރުގެ ތެރެއިންވެސް ކޮރަަޕްޝަނުގެ އަމަލެއް ހިނގައިފި ކަމަށް ޝައްކު ކުރެވުނަސް، އަމައްސަލަތައް ބެލުމުގައި އެއްވެސް ނުފޫޒެއްް ނުފޯރުވާ، ކަމާބެހޭ އިދާރާތަކަށް މައްސަލަތައް ބެލުމުގެ ފުރިހަމަ އިޚްތިޔާރު ދެއްވާ، އެފަދަ މައްސަލަތައް އެންމެ ފުރިމަޔަށް ބެލުމަށް ހިއްވަރު ދެއްވާތަން ކަމުގައި މަމްދޫހު ފާހަގަކުރައްވާފައިވެއެވެ.
އެމްޑީޕީގެ ސަރުކާރުން 19 ވަނަ މަޖްލިސް ބޭނުން ކޮށްގެން ވައްކަން ކުރުމަށް ހުޅުވާލި ހުރިހާ ދޮރެއް މިމަޖިލީހުން ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއިއެކު ބަންދު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން މަމްދޫހު ވަނީ ދެއްވާފައެވެ.
އެމްޑީޕީއިން ވަނީ ދައުރު ނިމުނު އިރު ސަރުކާރުގެ ފަރާތުން ހިންގާފަަވާ ކޮރަޕްޝަންގެ އަމަލުތައް ބަލަން ގާނޫނުތަކުން މަތިކޮއްފައިވާ މުއައްސަސާތަކުގެ ބާރު މަޖްލިސް ބޭނުން ކޮށްގެން ކަނޑުވާލާފައެވެ.