ENGLISH
26 ޖުލައި 2026
އިންޑިއާ ކަނޑުގެ ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށް ރާއްޖެއާއެކު ގުޅުން ބަދަހިކުރަން ބޭނުން: އެެމެރިކާ
26 ޖުލައި 2026
|
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ
އެންމެ މަޤްބޫލު
އިންޑިއާ ކަނޑުގެ ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށް ރާއްޖެއާއެކު ގުޅުން ބަދަހިކުރަން ބޭނުންވާކަމަށް އެމެރިކާއިން ބުނެފިއެވެ.
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ވިދާޅުވެފައިވެއެވެ.
މިއަހަރަކީ އެމެރިކާ އާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި ރޫބީއޯ ވިދާޅުވީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހަމަޖެހުން ދެމެހެއްޓުން ފަދަ މުހިންމު ކަންކަމުގައި ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށެވެ.
ރޫބިއޯ ވަނީ އެމެރިކާ ރައްޔިތުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް ބާއްޖަވެރި މުސްތަގުބަލަކަށް އެދިވަޑައިގެންފައެވެ.
ރާއްޖެއާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ފުރަތަމަ ގާއިމުކޮށްފައިވަނީ 9 އޭޕްރީލް 1966 ގައެވެ.