ENGLISH
21 އޭޕްރީލު 2025
ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި
09 މާރިޗު 2025
|
ވައްކަމުގެ މައްސަލައިގައި ފުލުހުން ހޯދަން އިއުލާނުކުރި މުޙައްމަދު ތިބްޔާން ޝަހީން، ގ. ސީވޭވް، ކ.މާލެ (24އ). ފޮޓޯ: ޕޮލިސް
ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙްޤީގުކުރަމުންދާ ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ވައްކަމުގެ މައްސަލައިގައި ހޯދަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނުން ތަޙްޤީގުކުރާ މައްސަލައެއްގައި ހިމެނޭ މީހެއް ކަމަށެވެ.
މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދަނީ، ގ. ސީވޭވް، ކ. މާލެ، މުޙައްމަދު ތިބްޔާން ޝަހީން (24އ) އެވެ.
ފުލުހުން އެދުނީ މުޙައްމަދު ތިބްޔާން ޝަހީންއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9393351 އަށް ގުޅުމަށެވެ.
ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަން އިއުލާން ކުރިިއިރު، ފުލުހުން އާއްމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ ފެބްރުވަރީ މަހު އެ އިދާރާއަށް ރިޕޯޓުވި ވައްކަމުގެ މައްސަލަތައް ވަނީ މަދުވެފައެވެ.
މިދިޔަ ޖަނަވަރީ މަހު ވައްކަމުގެ 274 މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުވިއިރު ފެބްރުވަރީ މަހު ރިޕޯޓުވީ ވައްކަމުގެ 196 މައްސަލައެވެ.