ENGLISH
12 ޖުލައި 2025
ގަވާއިދާއި ޚިލާފަށް އުޅުނު 32 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
08 މާރިޗު 2025
|
މއ. ހިތިލާގެ 2 ބަލާފާސްކުރުމުގެ ތެރެއިން-- ފޮޓޯ: އިމިގްރޭޝަން
މާލޭގައި ބިދޭސީން ގަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ގެއަކުން 32 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މއ. ހިތިލާގެ 2 އިން ގިނަ އަދަދެއްގެ ގަނޑުކުރި މަހާއި ތަރުކާރީގެ އިތުރުން ވެސް އެހެނިހެން ބާވަތްތަކުގެ ކާނާ ސަޕްލައިކުރާކަމުގެ ޚަބަރު އިމިގްރޭޝަން ވޮޗަށް ލިބުމާ ގުޅިގެން އެގެ ރެއިޑުކޮށް، ހޯދި ހޯދުމުގައި އެގެއަކީ އެއްފަހަރާ ގިނަ އަދަދެއްގެ ބަޔަކަށް ކައްކަމުންދިޔަ ގެއެއް ކަމަށާއި އެތަނުގައި ބިދޭސީން ދިރިއުޅުމުގެ އިންތިޒާމު ވެސް ހަމަޖެހިފައިވާކަން ހާމަވެފައިވެއެވެ.
އިމިގްރޭޝަނުން ބުނީ އެ ގޭގައި ދިރިއުޅެމިންދިޔަ 76 ބިދޭސީންގެ ލިޔެކިއުންތައް ބެލިއިރު އޭގެތރެއިން 32 މީހުންނަކީ ސައްހަ ވިސާއެއް ނެތް، ނުވަތަ ވަޒީފާދިން ފަރާތަށް ފިލައިގެން އުޅޭ ބައެއް ކަމަށެވެ.
މި ރެއިޑްގެ މައުލޫމާތު ހިއްސާކުރުމަށް އިމިގްރޭޝަނުން އެކްސްގައި ހިއްސާކޮށްފައިވާ ވީޑިއޯއަކުން، އެގޭގެ ބަދިގެ އޮތް ނުސާފު ހާލަތުގެ އިތުރުން ގޭގެ އާންމު ހާލަތު ވެސް ފެނެއެވެ. އެގޮތުން އެގޭގެ ބޮޑު ބައެއް ފިލައިން ހަދާފައިވާއިރު، ފިލާތައް ވަރަށް ބޮޑަށް ބާވެފައިވާކަން ފާހަގަކުރެވެއެވެ. އަދި ކުޑަކުޑަ ކޮޓަރިއެއްގެ ތެރޭގައި ބަރިބަރިއަށް އެނދުޖަހައިގެން ބައިވަރު މީހުން އެއްތަނެއްގައި ދިރިއުޅެމުންދިޔަކަން ވެސް ވީޑިއޯއިން ދައްކުވައިދެއެވެ.
އެގެއިން ގަވާއިދާއި ހިލާފަށް އުޅުނު 32 މީހުން ހައްޔަރުކޮށްފައިވާއިރު، އިމިގްރޭޝަނުންދަނީ ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީން ޑީޕޯޓުކުރަމުންނެވެ.