ENGLISH
21 އޭޕްރީލު 2025
ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ ދިވެހި އުޚްތުންނަށް ރައީސް ފޮނުއްވައިފި
08 މާރިޗު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހއ. އުލިގަމަށް ވަޑައިގަތުމުން މަރުޚަބާ ދަންނަވަން ނިކުމެތިބި ކަނބަލުންތަކެއް-- ފައިލް ފޮޓޯ/ ރައީސް އޮފީސް
ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ ދިވެހި އެންމެހާ އުޚްތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ފޮނުއްވައިފިއެވެ.
ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަރަކުރަނީ ކޮންމެ އަހަރެއްގެ މާރިޗް މަހުގެ 8 ވަނަ ދުވަހުވެ. ދުވަހުގެ މުނާސަބަތުގައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ދިވެހިރާއްޖެ ކޮންމެ ކުރިއެރުމަކާއި ކާމިޔާބީއެއް ޙާޞިލްކުރަނީ ހީވާގި ދިވެހި އަންހެނުންގެ ބައިވެރިވުމާއި އެއްބާރުލުމާއި އެކު" ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ޚިޠާބެއްވެސް ފޮނުއްވައިފައެވެ. އެ ޚިޠާބުގައި ދިވެހިރާއްޖޭގައި ޞިއްޙީ ޚިދުމަތާއި، ތަޢުލީމީ ދާއިރާ ފަދަ، މުޖްތަމަޢުގެ ދެމިއޮތުމާއި ކުރިމަގަށް މުހިންމު މައިދާންތަކުގައި ގިނައީ އަންހެން ޚިދުމަތްތެރީންކަމަށާއި، ކުޅިވަރުގެ މައިދާނުގައި ދިވެހި އަންހެން ކުޅުންތެރީން ހާސިލުކުރާ އަރުތަ ގިނަގުނަކަން ރައީސް ފާހަގަކުރައްވާފައިވެއެވެ.
ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހުގެ މި އަހަރުގެ ސިޔާރަކީ "އެންމެހާ އަންހެނުންނާއި އަންހެން ކުދިންނަށް: ޙައްޤުތައް. ހަމަހަމަކަން. ބާރުވެރިކަން." މި އެވެ.