ENGLISH
21 އޭޕްރީލު 2025
އެއްގަމު އުޅަނދު ލައިސަންސްގެ ތިއަރީ އިމްތިހާން ދެން ކުރިއަށް ގެންދާނީ ޓްރާންސްޕޯޓް މިނިސްޓްރީން
07 މާރިޗު 2025
|
އެއްގަމު އުޅަނދުގެ އިމްތިހާނެއްގެ ތެރެއިން. ފޮޓޯ: މިހާރު
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާން މާރިޗު 6 ވަނަ ދުވަހުން ފެށިގެން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.
މިހާތަނަށް އެ އިމްތިހާން ކުރިއަށްގެންދިޔައީ މޯލްޑިވްސް ޕޮލިޓެކްނިކުންނެވެ. ދަތުރުފަތުރުގެ ވުޒާރާގެ ދަށަށް އިމްތިހާން ބަދަލުކުރުމާއެކު، އިމްތިހާން ހެދުމުގެ އިންތިޒާމުތަކާއި، ކަމާއި ގުޅޭ އެހެނިހެން ކަންކަން ބަލަހައްޓާނީ ސީދާ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިންނެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނީ ގްރޭޓާ މާލެ ސަރަޙައްދުން އެ ޚިދުމަތަށް އެދޭ ފަރާތްތަކުން ސަވާރީ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް (ސިމްސް) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ. އެގޮތަށް ހުށަހަޅާއިރު ތިއަރީ އިމްތިޙާން ހަދާ ސެންޓަރެއްގެ ގޮތުގައި އެ ވުޒާރާ އިޚްތިޔާރު ކުރުމުން ތިއަރީ އިމްތިހާނުގެ ކަންކަން ކުރިއަށް ގެންދެވޭނެއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނީ، އެ ވުޒާރާ މެދުވެރިކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާން ހަދަން ފެށުމުން، ޑްރައިވިން ލައިސަންސް ހެދުމުގެ މަރުޙަލާތައް އެއްތަނަކުން ކުރިއަށް ގެންދެވޭނެ ކަމަށެވެ.