ENGLISH
12 ޖުލައި 2025
މަޖިލީހުގެ މެންބަރުންނަށް ޚިދުމަތް ދޭން ވަކި މޭޒެއް ބެހެއްޓި ވާހަކައަކީ ދޮގެއް: އާސަންދަ
07 މާރިޗު 2025
|
އާސަންދައިގެ އޮފީސް، ފޮޓޯ: ސަން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޚިދުމަތް ދިނުމަށް ވަކި މޭޒެއް އާސަންދައިން ތައާރަފުކުރިކަމަށް އޮންލައިން ނޫހަކުން ރިޕޯޓުކުރުމުން އެއީ ދޮަގެއްކަމަށް އާސަންދައިން ބުނެފިއެވެ.
އިއްޔެ އޮންލައިން ނޫހަކުން ރިޕޯޓުކުރި ގޮތުގައި ވެރިކަންކުރާ ކޮންގުރެސް ޕާޓީގެ މެންބަރުންނަށް ހިދުމަތް ދިނުމަށް އާސަންދައިން ވަކި މުވައްޒަފުންތަކެއް ހަމަޖައްސައި އެކަމަށް ވަކި ޑެސެކެއް ހާއްސަކޮށްފައިވެއެވެ. އަދި މެންބަރުން ބޭނުންވާ މީހުންނަށް އާސަންދަ ހަމަނުޖެހިގެން މެންބަރުން ޝަކުވާކުރައްވާތީ އާސަންދައިގެ މެނޭޖިން ޑިރެކްޓާ އައިމިނަތު ޒީނިޔާ ކުންފުނީގެ ހުރިހާ މުވައްޒަފުންނާ ބައްދަލުކުރެއްވިކަމަށްވެސް އެ ނޫހުން ރިޕޯޓުކުރިއެވެ.
މެންބަރުންނަށް ހިދުމަތް ދިނުމަށް ވަކި މޭޒެއް ތައާރަފުކޮށް، މުވައްޒަފުންތަކެއް ހާއްސަކުރިކަމަށް އެ ނޫހުން ރިޕޯޓުކުރުމާ ގުޅިގެން އާސަންދައިގެ ރަސްމީ އެކްސް އެކައުންޓުން ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ވާހަކައަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.
އަދި ނޫހުގައި ރިޕޯޓުކޮށްފައި އޮތް ވާހަކައަކީ ކަނޑައެޅިގެން ދޮގެއްކަން މަޖިލީހުގެ ބައެއް މެންބަރުންވެސް ހާމަކުރައްވާފައިވެއެވެ. އެގޮތުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކުވަނީ އޭނާގެ މަންމާފުޅަށް ބޭރުން ބޭސްފަރުވާއެއް ހޯއްދަވަން ހުށަހެޅުއްވުމުން ދާދި ފަހުން އެކުންފުނިން ދީފައިވާ ޖަވާބުގެ ސްކްރީން ޝޮޓެއް ހިއްސާކުރައްވައި އެ ނޫހުން ފަތުރާފައިވަނީ ދޮގެއްކަމަށް ވިދާޅުވެފައެވެ.
އެ ހަބަރަކީ ފިތުނަ އުފައްދަން ފަތުރާފައިވާ ދޮގު ހަބަރެއްކަން ފާހަގަކުރައްވައި މި ރަމަޟާން މަހުގެ ހުރުމަތަށްޓަކައިވެސް އެފަދަ ދޮގު ވާހަކަތައް ފެތުރުމާ ދުރުހެލިވާންޖެހޭނެކަމުގައި ހުސްނީ ވިދާޅުވިއެވެ. އޭނާގެ މަންމައަށް ބޭރުން ފަރުވާއެއް ހަމަޖައްސަވަން ހުށަހެޅުއްވުމުން އެ ފަރުވާއަކީ ރާއްޖެއިން ލިބޭ ފަރުވާއަކަށްވާތީ ބޭރުން އެ ފަރުވާ ހަމަނުޖެހޭނެކަން އަންގާފައިވާ މެސެޖަށް އިޝާރާތްކުރައްވައި ހުސްނީ ވިދާޅުވީ އެ މެސެޖުންވެސް އެނގެނީ ވަކި ބަޔަކަށް އާސަންދަ ދިނުމަށް ހާއްސަ ގޮތެއް ހަމަޖައްސާފައިނުވާކަން ކަމަށާއި، އާސަންދަ ފޯރުކޮށްދެމުންދަނީ އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިންކަން ކަމުގައެވެ.
ސަރުކާރާމެދު ރުޅިވެރިކަން އުފެއްދުމަށްޓަކައި މިފަދަ ހަގީގަތެއް ނެތް ދޮގު ހަބަރުތައް ބައެއް މީޑިޔާތަކުން އަންނަނީ ފަތުރަމުންނެވެ. ނަމަވެސް ސަރުކާރުން އަންނަނީ އެކންކަމުގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދީ ބަޔާންކޮށްދަމުންނެވެ.