ENGLISH
21 އޭޕްރީލު 2025
ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށް ކާނުތައް ސާފުކުރުމުގެ މަސައްކަތް ސިޓީސް މިނިސްޓްރީން ފަށަނީ
06 މާރިޗު 2025
|
މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ކުރަނީ -- ފައިލް ފޮޓޯ
މާލޭ ސިޓީގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވާމަންޓް ޕަބްލިކް ވޯކްސް އިން ބުނެފި އެވެ.
އެކަން ހާމަކުރެއްވީ ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މިނިސްޓަރު ވިދާޅުވީ ވާރޭވެހޭ ދުވަސް ދުވަހު މާލެ ސިޓީގެ މަގުތަކުގައި ފެން ހިނދުން ލަސްވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ތަކުލީފުތައް ކުޑަކުރުމަށް އެހީތެރިވެދިނުމުގެގޮތުން، މާލޭގެ ކާނުތައް ސާފު ކުރުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށެވެ. އެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މާލެ ސިޓީގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ މައްސަލަ ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލަށް ތަކެތި ވަނީ ހޯދާދީފަ އެވެ. އެ ގޮތުން އެންމެ ޒަމާނީ ޕަންޕުތައް ވަނީ ހޯދާދީފަ އެވެ. އެ ޕަންޕުތައް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.