ENGLISH
21 އޭޕްރީލު 2025
ހެންވޭރު ޓާމިނަލާއި ހުޅުމާލެ ފެރީ ޓާމިނަލް ލޯންޗު ފެރީތަކަށް ހުޅުވާލަނީ
06 މާރިޗު 2025
|
ހުޅުމާލެ ފެރީ ޓާމިނަލް: ފައިލް ފޮޓޯ
ހެންވޭރު ފެރީ ޓާރމިނަލް އަދި ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުގެ ފަޅުބޭނުން ކުރުމުގެ ފުރުސަތު ހުޅުވާލަން ނިންމައިފި އެވެ.
މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ރަށްރަށުން މާލެ އަށް ދަތުރުކުރާ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ ގޮތުން މާލެ އާއި އަތޮޅު ތަކާއި ދެމެދު ލޯންޗް ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކުން ލަފާ ފުރުމަށްޓަކައި ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާރމިނަލްގެ ބަނދަރު ބޭނުން ކުރުމަށް ހުޅުވާލުމަށް ގަސްދުކުރާ ކަމަށެވެ.
އެހެން ކަމުން ފަޅު ބޭނުންކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރީން އެ ކުންފުނީގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކޮށް ޝައުގުވެރިކަން ފާޅުކުރުމަށް އެދޭ ކަމަށެވެ.
މާލެ އާއި އަތޮޅު ތަކާއި ދެމެދު ދަތުރުކުރާ ލޯންޗް ފެރީތައް އިތުރުވެފައިވާއިރު އެކަށީގެންވާ ޓާމިނަލެއް ނެތުމަކީ އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މިހާރު ލޯންޗު ފެރީތައް ފުރަނީ އެމްއެމްއޭ ސަރަހައްދުންނާއި ބެންކު އޮފް މޯލްޑިވްސް ކުރިމަތީންނެވެ.
މި ބަދަލަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދަށް ގެންނަން ނިންމެވި ބަދަލެއް ކަމަށް އެމްޓީސީސީން ބުނެ އެވެ.