ENGLISH

21 އޭޕްރީލު 2025

Advertisement

ޖުޑިޝަރީ އިސްލާހުކުރަން އެމްޑީޕީން އެއްވެސް ކަމެއް ނުކުރޭ: ސްޓޭޓް މިނިސްޓަރ ފަތުހީ

06 މާރިޗު 2025

|

ޢަލީ ޝަހީމް

ބޮޑު ޚަބަރު ޕްރޮގްރާމްގައި މޫސާ ފަތުހީ އާދަމް ވާހަކަދައްކަވަނީ. ފޮޓޯ: އެމްއެމްޓީވީ

ވެރިކަމުގައި އޮތްއިރުވެސް އަދި އިދިކޮޅުގައި ތިބެގެންވެސް ރާއްޖޭގެ ޖުޑިޝަރީ އިޞްލާހުކުރުމުގެ އެއްވެސް ކަމެއް މޯލްޑިވިއަން ޑިމޮކްރެޓް ޕާޓީ (އެމްޑީޕީ) އިން ނުކުރާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެއެވެ.

ފަތުހީ މިފަދައިން ވިދާޅުވީ އެމްއެމްޓީވީން ރޭ ގެނެސްދިން 'ބޮޑު ޚަބަރު' ޕްރޮގްރާމްގައި، ރާއްޖޭގެ ޖުޑިޝަރީއަށް އެމްޑީޕީން ދިން އަނިޔާތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

ފަތުހީ ވިދާޅުވީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ތެރެއިން އެމްޑީޕީ މަގުމައްޗަށް ނުކުތީ އިޞްލާހީ ބަދަލެއް ގެނައުމުގެ ނަމުގައި ކަމަށެވެ. އެހެންނަމަވެސް، ފެނުނީ އިޞްލާހުގެ ބަދަލުގައި ޤައުމު ފަސާދަކުރަން ކަމަށާއި، އެމްޑީޕީގެ ހަރަކާތްތައް ފަށައި ރާއްޖޭން އިޖުތިމާޢީ އާދަތައް ފުހެލި ކަމަށެވެ. އޭރު އެމްޑީޕީން ދެކުނީ ފަނޑިޔާރުގެ ތަކަކީ އިޞްލާހީ ބަދަލަށް އޮތް ހުރަހެއް ގޮތުގައި ކަމަށް ފަތުހީ ވިދާޅުވިއެވެ.

ޑިމޮކްރަސީ ނުބައި ހިސާބަކުން ފަށައި، ފަނޑިޔާރުގޭގެ އިތުބާރު ރައްޔިތުންގެ ކުރިމަތީ އެމްޑީޕީން ގެއްލުވާލިކަމަށް ފަތުހީ ވިދާޅުވިއެވެ.

އެމްޑީޕީ ރާއްޖޭގެ ވެރިކަމާ 2008 ވަނަ އަހަރު ޙަވާލުވުމަށްފަހު، އެންމެ ބޮޑު ރެނދެއްލީ ޝަރުޢީ ނިޒާމުގައި ކަމަށް ފަތުހީ ވިދާޅުވިއެވެ. އެގޮތުން ޖުޑިޝަރީގެ އުމްރާނީ ވަޞީލަތްތަކާއި އިންސާނީ ވަޞީލަތްތައް އެމްޑީޕީގެ ވެރިކަމުގައި ތަރައްޤީ ނުވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

"ޖުޑިޝަރީ އިސްލާހުކުރުމަށް ނުވަތަ ރާއްޖޭގެ ޝަރުޢީ ނިޒާމް ފުރިހަމަކުރުމަށްޓަކައި އެމްޑީޕީން ކުރިކަމެއް ފެންނާކަށް ނެތް. އެމްޑީޕީ އަތްމައްޗަށް ލިބުނީ ރާއްޖޭގެ ޤާނޫނު އަސާސީގަ މިއޮތް ހަވަނަ ބާބު ތަންފީޛުކުރަން. ދިވެހިރާއްޖޭގެ ދުސްތޫރުގަ ހަވަނަ ބާބަކީ އަދުލު އިންސާފުގެ ދާއިރާއަށް ހާއްސަކުރެވިފައިވާ ބާބު. އެހެންވީމަ އެ ތަންފީޛުކުރަން ފުރަތަމަ ވެސް ލިބިގެންދިޔައީ އެމްޑީޕީ އަތްމައްޗަށް. އެކަމަކު އެ ބާބުގަ ބުނާ ހަމަތައް ދިރުވާ އާލާކުރަން ނުވަތަ ފަނޑިޔާރުގެތައް ވަރުގަދަކުރަން ނުވަތަ ފަނޑިޔާރުގެއަށް ރައްޔިތުން ކުރާ އިތުބާރު އިތުރުކުރަން ކޮންކަމެއްތޯ ކުރީ؟ ނުކުރޭ. މަގުމަތީގަ ކޯޓު ހަދައިގެން ފަނޑިޔާރުގެއަށް ޖޯކު ޖެހުމާ ފުރައްސާރަކުރީ. އަދި އެހެންމެ ޝަރުޢީ ނިޒާމުން ބޭރުގަ ކޯޓަށް ނުގޮސް ފަނޑިޔާރުގެ ތެރެއިން ކުރަންޖެހޭ ކަންކަންވެސް ނުނިންމައި ރައީސް އޮފީހުގެ ތެރެއިން ނުވަތަ ޕާޓީގެ ސިޔާސީ ހަރަކާތުގެ ތެރެއިން ޕާޓީ ހަރުގެ ތެރެއިން އަދުލު އިންސާފު ހޯދައިދޭން މަސައްކަތްކުރީ އެމްޑީޕީ ފުރަތަމަ ވެރިކަމުގަ"

ދެވަނަ ފަހަރު ރާއްޖޭގެ ވެރިކަން ލިބުމުން، ސުޕްރީމް ކޯޓުގެ ބެންޗު އެމްޑީޕީން ބޭނުންވާ ގޮތަށް ބަދަލުކޮށްލައި ވަކި ގޮތަކަށް ހުކުމް ކުރުމުން ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމުގެ އާދައެއް ގެންގުޅުނު ކަމަށް ފަތުހީ ވިދާޅުވިއެވެ.

މިހާރު ހިނގަމުންމިދާ ވެރިކަމުގައި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމުގެ ބަދަލުގައި، ފަނޑިޔާރުގެތަކުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރާކަމަށް ފަތުހީ ވިދާޅުވިއެވެ.  

ކިޔުންތެރިންގެ ހިޔާލު