ENGLISH

21 އޭޕްރީލު 2025

Advertisement

ޢުމުރުން ދުވަސްވީ ފަރާތްތަކަށް ޒަކާތް ދެއްކުމުގައި ލުޔެއް: އިސްލާމީ މަރުކަޒުން ޒަކާތް ބަލައިގަންނާނެ

06 މާރިޗު 2025

|

އިސްމާއީލް ރާތިއު

ކުރީ އަހަރެއްގައި ފިޠުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރަނީ- ފައިލް ފޮޓޯ: ސަން

ޢުމުރުން ދުވަސްވީ ފަރާތްތަކާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތަކަށް ޒަކާތްދެއްކުމުގައި ލުޔެއް ހޯދައިދިނުމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ޒަކާތު ހައުސްއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ 1446 ވަނަ އަހަރުގެ ފިޠުރު ޒަކާތް ނަގުދު ފައިސާއިން ބަލައިގަންނާނީ މާލެ ސިޓީގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުން ކަމަށާއި ރަށްތަކުގައި ނަމަ، އެރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ކައުންސިލުން ކަމަށެވެ. 

މި ސެންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 މާރިޗު 2025 އިން 20 މާރިޗު 2025 އަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 09:30-11:30 އަށް، އަދި 23 މާރިޗު 2025- 30 މާރިޗު 2025 އަށް، ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ 11:00-14:00 އަށެވެ.

މީގެ އިތުރުން ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ބަނޑޭރިޕޭ އޮންލައިންކޮށް ވެސް ޒަކާތް ދެއްކޭނެ އެވެ. އަދި ދިރާގު އެޕް/ ދިރާގު ޕޭ، އުރީދޫ އެމް-ފައިސާ އެޕްލިކޭޝަން، އެމްއައިބީ ފައިސާ މޮބައިލް އެކްސް އެޕްލިކޭޝަންގެ އިތުރުން ބީއެމްއެލް މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރަމަޟާން މަހުގެ 27 ވަނަ ދުވަހާ ހަމައަށް އޮންލައިންކޮށް ޒަކާތް ދެއްކޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު