ENGLISH
21 އޭޕްރީލު 2025
މާކަނާ ޝޯވގެ އާ ސީރީޒް "މިސްޓަރ މާކަނާ" މިރޭ އެމްއެމްޓީވީން ގެނެސްދޭނެ
06 މާރިޗު 2025
|
މާކަނާ ޝޯވގެ އާ ސީރީޒް "މިސްޓަރ މާކަނާ" ތުރެއިލަރ ގެ ސްނެޕް ޝޮޓެއް.
ދިވެހި ފުރަތަމަ އެނިމޭޓެޑް ޝޯވގެ ގޮތުގައި އެތައް ދިވެހިންގެ މަގްބޫލްކަން ހޯދާފައިވާ "މާކަނާ ޝޯވ" ރީބްރޭންޑްކޮށް، "މިސްޓަރ މާކަނާ" ގެ ފުރަތަމަ އެޕިސޯޑް މިރޭ އެމްއެމްޓީވީން ދައްކަން ނިންމައިފި އެވެ.
އެނިމޭޓެޑް ދިވެހި އުފެއްދުންތައް ވައިގައި ހިއްޕާލި ހުނަރުވެރިޔާ ޔާމީން ރަޝީދުގެ މާކަނާ ޝޯވގެ ޓީމުން އުފައްދާ އަދި ހުށަހަޅާއިދޭ "މިސްޓަރ މާކަނާ" ޝީރީޒުގެ ކެރެކްޓާ ތަކަކީ ވެސް މާކަނާ ޝޯވގެ ކެރެކްޓާތަކެވެ.
މިދިޔަ 15 ވަރަކަށް އަަހަރު އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ޓީވީ ޝޯވ، ކަމަށްވާ މާކަނާގެ އާ އެޕިސޯޑް "މިސްޓަރ މާކަނާ" އެއް އަހަރު ވަންދެން އެމްއެމްޓީވީން ގެނެސްދޭނެ އެވެ. ރޯދަ މަހު މި ސީރީޒް ގެނެސްދޭނީ ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ 12:30 ގައެވެ.
ސެލްމިން އެނިމޭޝަން ސްޓޫޑިއޯގެ "މިސްޓަރ މާކަނާ" ޝޯވ އަކީ ސިޔާސީ މާހައުލު ތަމްސީލުވާ، އެމްއެމްޓީވީގެ ބެލުންތެރިން އުއްމީދުކުރާ ފަދަ މުނިފޫހި ފިލުވުމުގެ ޕްރޮގްރާމަކަށް ވާނެއެވެ.