ENGLISH
21 އޭޕްރީލު 2025
ޕީއެންސީގެ ފުރަތަމަ އިހްޔާ ފޯރަމް ހުކުރު ދުވަހުގެ ރޭ، ތަގުރީރުކުރައްވާނީ ޑރ. ޝަހީމް
06 މާރިޗު 2025
|
ބަރަކާތްތެރި ރަަމަޟާން މަހުގެ ރޭތައް އިޙުޔާކުރުމަަށް ޕީޕަލްސް ނޭޝަނަލް ކޮންގުރެސްއިން ބާއްވާ ސިލްސިލާ އިހުޔާ ފޯރަަމްތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުން ހުކުރުދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.
ޕީއެންސީން ބުނީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙުޔާކުރުމަށް ޕީއެންސީން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގުރާމުގެ ފުރަތަމަ ފޯރަމް މާދަމާ ރޭ 21:30 ގައި އޮންނާނެ ކަމަށެވެ. އެ ފޯރަމުގައި ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
ޕީއެންސީން ވަނީ މާދަމާ ރޭގެ ފޯރަމްގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދައުވަތު ދީފައެވެ.
ޕީއެންސީން އިހްޔާ ފޯރަމް ކުރިއަށްގެންދާއިރު، އިސްލާމިކް މިނިސްޓްރީންވެސް ދަނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ސިލްސިލާކޮށް އިހްޔާ ފޯރަމްތައް ބާއްވަމުންނެވެ. އެގޮތުން މި ރޯދަމަހުގެ ފުރަތަމަ ފޯރަމް މިހާރު ބާއްވާފައިވާއިރު، އެ ފޯރަމްގައި ތަގުރީރުކުރައްވާފައިވަނީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑރ. މުހައްމަދު ޝަހީމް ސައީދެވެ.
މި ފޯރަމް އޮންނާނީ، ކޮންގްރެސް ހައުސް (ހ. ވެޔޮވިލާ / އާޓިފިޝަލް ބީޗް ކުރިމަތި) ގައެވެ.