ENGLISH
21 އޭޕްރީލު 2025
އިންޖެކްޝަނެއްގެ ކޮލިޓީ ދަށްވުމުން ބޭނުންކުރުން މަނާކޮށްފި
06 މާރިޗު 2025
|
ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންދާ އިންޖެންޝަނެއްގެ ކޮލިޓީ މައްސަލަތަކެއް ފެންމަތިވެ، ބޭނުންކުރުން މަނާކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި، ކޮމިޓީ މައްސަލަތަކެއް ފެންމަތިވެ ބޭނުންކުރުން މަނާކޮށްފައިވަނީ 'ޕެންޓޮޕް 40 އިންޖެންޝަން' އެވެ.
އެމްއެފްޑީއޭއިން ވަނީ، އެ އިންޖެންޝަން އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފަ އެވެ. އަދި މި ބޭސް އެއްވެސް ފާމަސީއެއް ނުވަތަ ސިއްހީ ޚިދުމަތްދޭ ތަނެއްގައި ހުރިނަމަ، އެ ބޭސް ނައްތާލުމަށް އަންގާފައިވެ އެވެ.
އެ އިދާރާއިން ބުނިގޮތުގައި ބޭހުގެ ރައްކާތެރިކަން ކަށަވަރުކުުރުމަށްޓަކައި ބޭސް އެއްތަނަކުން އަނެއް ތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތައް ބޭސް އިމްޕޯޓުކޮށް ވިއްކާ ފަރާތްތަކަށް ވަނީ އަންގާފަ އެވެ.