ENGLISH
21 އޭޕްރީލު 2025
ދެފިޔަވަހި ގުޅުވައިދޭ ބްރީޖުން ވެއްޓުނު މީހަކު ސަލާމަތްކޮށްފި
06 މާރިޗު 2025
|
ހުޅުމާލޭގެ ދެ ފިޔަވަހި ގުޅާލުމަށް ހަދާފައިވާ ބްރިޖުތަކުގެ ތެރެއިން ބްރިޖެއް --- ފޮޓޯ: ޒިންހުއަ ސިލްކް ރޯޑް
ހުޅުމާލޭގެ ދެ ފިޔަވަހި ގުޅާލުމަށް ހަދާފައިވާ ބުރިޖުތަކުގެ ތެރެއިން ބުރިޖަކުން މޫދަށް ވެއްޓުނު މީހަކު ފުލުހުން ސަލާމަތްކޮށްފިއެވެ.
މިއަދު ފަތިހު ބްރިޖު މަތިން މޫދަށް ވެއްޓުނު މީހާ ސަލާމަތްކުރީ އެ ހިސާބުގައި ހަރަކާތްތެރިވި ދެ ފުލުހަކު ޔުނީފޯމުގައި މޫދަށް އެރިގެންނެވެ.
މިކަމާގުޅިގެން ފުލުހުން ބުނީ މިހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ފަތިހު 5:42 ހާއިރު ކަމަށެވެ. އަދި މޫދުގައި އޮތް މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނީ ހެނދުނު 6:13 ހާއިރު ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުންޏެވެ. މިހާދިސާއާ ގުޅޭ ވީޑިއޯއެއް ސޯޝަލްމީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.
ފުލުހުން ބުނީ މިހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.