ENGLISH
21 އޭޕްރީލު 2025
ސަރުކާރުގެ އަމާޒު؛ މާޗު 10ގެ ނިޔަލަށް ރޯދަ ހަދިޔާ ބަހައި ނިންމައިލުން
06 މާރިޗު 2025
|
މިނިސްޓަރު އާދަމް ޝަރީފު އުމަރު
އަމާޒަކީ މިހިނގާ މާޗު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރޯދަ ހަދިޔާ ބަހައި ނިންމުން ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވެފައިވަނީ ސަަރުކާރުން މަސައްކަތްކުރަމުން މާޗު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް މަސްދަޅު ކޭސްތައް ހުރިހާ ގޭބީސީތަކަށް ބަހައި ނިންމައިލުމަށް ކަމަށެވެ.
އިތުރަށް މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ހުވަދު އަތޮޅުގެ ދެ ބުރީގެ ހުރިހާ ރަށެއްގެ ގޭބީސީތަކަށް ބަހަންޖެހޭ މަސްދަޅު ކޭސްތައް މާދަމާ އެ އަަތޮޅުގެ ރަށްތަކަށް ފޯރާނެއެވެ.
އާދަމް ޝަރީފު ވިދާޅުވި ގޮތުގައި ހުވަދޫގެ ދެ ބުރިއަށް މަސްދަޅު ކޭސް ފޯރުކޮށްދެވުމުން، ރާއްޖޭގެ ހުރިހާ ހިސާބަކަށް މަސްދަޅު ކޭސް ފޯރުކޮށްދީ ނިމުނީއެވެ.
މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި މި ރަމަޟާން މަހު ރޯދަ ހަދިޔާ ބަހަނީ ރޭގަނޑު 9.30 އިން 11.30 އަށެވެ. ރަމަޟާން މަހު ރައްޔިތުންނަަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ރޯދަ ހިދިޔާ ދެއްވަން ފެއްޓެވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ.