ENGLISH
21 އޭޕްރީލު 2025
މެލޭޝިއާއިން ގެއްލުނު އުސެއިދު ފެނިއްޖެ
06 މާރިޗު 2025
|
މެލޭޝިއާގައި ގެއްލިގެން ހޯދަމުން އައި ދިވެހި ޒުވާނާ އަހުމަދު އުސައިދު ފެނިއްޖެއެވެ. އަދި މެލޭޝިއާގެ ފުލުހުން އެސައިދު އޭނާގެ އާއިލާއާއި ހަވާލުކޮށްފިއެވެ.
އޭނާ ގެއްލިގެން ހޯދަން ފެއްޓީ މިދިޔަ ހޯމާ ދުވަހުއެވެ.
އޭނާ އެދުވަހު ހަވީރު ދިވެހި އެމްބަސީއަށް ދިޔަ ކަމަށާއި އެމްބަސީގައި ވޮލެޓާއި ސްޑޫޑަންޓް ކާޑު ބޭއްވިފައި އޮތް ކަމަށް ވެސް އޭނާގެ ބައްޕަ އިބްރާހީމް އަފީފު ވިދާޅުވިއެވެ.
މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ވެސް އުސެއިދު ދިޔައީ މާ ބޮޑަށް މާޔޫސްވެގެން ކަމަށާއި އެކަމަކު އެތަން ބަންދުކޮށްފައި ހުރުމުން އެއްވެސް މީހަކާ ބައްދަލު ނުވީ ކަމަށް އަފީފު ވިދާޅުވި އެވެ. އެކަމަކު، އަރާމުކޮށްލަން އެމްބަސީ ހިންގާ އިމާރާތުގެ ބޭރު ބައިގައި ޖައްސާލައިގެން އޮތް މަންޒަރު ސީސީޓީ ފުޓޭޖުން ފެނުނު ކަމަށް އަފީފް ވިދާޅުވި އެވެ.
އުސެއިދު ހޯދުމަށް ކުރި މަސައްކަތުން ސީސީޓީވީ ފުޓޭޖުތަކުންނާއި ބައެއް މީހުން ދިން މައުލޫމާތުތަކުން އުސައިދު އާދިއްތަ ދުވަހުގެ ހަވީރު 4 ޖެހިއިރު އެމްބަސީ އަށް ދިޔަ ކަން އެނގުނު ކަމަށް ބައްޕަ ވިދާޅުވެފައި ވެ އެވެ.
ނަމަވެސް މިހާރު އުސެއިދު ވަނީ ހެޔޮހާލުގައި ފެެެެނި އާއިލާ މީހުނާ ހަވާލުކުރެވިފައެވެ. އަދި އޭނާގެ އާއިލާއިން މައުލޫމާތު ދޭ ގޮތުގައި، އެސެއިދުގެ ސިއްހީއެއްވެސް މައްސަލައެއްނޫޅެއެވެ.